އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސާ ކަމަށް ފަރީޝާ އަބްދުﷲ

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސާގެ މަގާމަށް ފަރީޝާ އަބްދުﷲ އެ މަޖިލީހުން ހޮވައިފި އެވެ.

އެމްޑީޕީން ބުނީ ފަރީޝާ މި މަގާމަށް އައްޔަންކުރީ އިއްޔެ އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއިން އެ މަޖިލީހަށް ހޮވިވަޑައިގެންފައިވާ އަނެއް އަށް ބޭފުޅުންނަކީ ނާޒިލް އަފީފާއި، މުހައްމަދު މާހިރު އީސާ އާއި، އަބްދުލް ހަމީދު އަބްދުލް ކަރީމާއި މުހައްމަދު ޝާޒް ވަލީދާއި، އަހުމަދު ރަޝީދު (ޕައިން) އާއި ނާޝިދު އަބްދުﷲ (އައްމަޑޭ) އާއި އިބްރާހިމް އިހުސާން އަދި ހަސަން ޒާހިރު (ރާޑޯ ޒާހިރު) އެވެ.

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ ޖަމިއްޔާއަކީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ އެއްވެސް ކަމާމެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފް ކުރުމަށް އެދޭނަމަ އެފަދަ ކަންތައްތައް ބެލުމަށް އެކުލަވާލަންޖެހޭ މަޖިލީހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު