ރަސޫލާގެ ހަޔާތްޕުޅުން ފިލާވަޅު ލިބިގަނެ، ސުލްހަވެރިކަން ދެމެހެއްޓުމުގެ އަޒުމް އާކުރަންޖެހޭ: ރައީސް

ސޮދަގާތު ފައުންޑޭޝަނުން ކުރިއަށްގެންދިޔަ "ހިތާނީ އުފާ"ގެ ނިންމުން ފާހަގަކުރުމަށް ހުޅުމާލޭ ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގެ ރައީސް ޔާމީން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ ހަޔާތްޕުޅުން ލިބޭ މަތިވެރި ފިލާވަޅަކީ އެކުވެރިކަމާ އެއްބައިވަންތަކަމުގައި ދެމިތިބުމަށް ކަމަށްވާއިރު ސުލްހަމަސްލަހަތު ދެމެހެއްޓުމުގެ އަޒުމް އާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

މާދަމާ ފާހަގަކުރާ ކީރިތި ރަސޫލުގެ އީދު މިލާދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ، މިފަދަ މުނާސަބަތެއް އިހްތިފާލް ކުރުމުގެ އެންމެ ބޮޑުބޭނުމަކަށް ވާންޖެހޭނީ، އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުގައިވާ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައި އެކަލޭގެފާނުގެ މަތިވެރި ހުލްގުފުޅާއި ސީރަތުން އިބްރަތް ހާސިލުކުރުން ކަމަށެވެ.

އެގޮތުން، އެކަލޭނގެފާނުގެ ހަޔާތްޕުޅުން ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގައި އެންމެން ދެމިތިބުމާއި، އެކަކު އަނެކަކަށް އިިހްތިރާމްކުރުމާއި އޯގާތެރިވުމުގެ ފިލާވަޅުކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ މެދުގައިވާ އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ސުލްހަމަސްލަހަތު ދެމެހެއްޓުމުގެ އަޒުމް އާކުރުމަކީ މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެންގެ މައްޗަށް އޮތް މަތިވެރި ގައުމީ ވާޖިބެއް،" ރައީސްގެ ތަހުނިޔާ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

comment ކޮމެންޓް