ޒަރާފާގެ އާބާދީ މަދުވެ، ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެއްޖެ!

ދުނިޔޭގެ އެންމެ ދިގު އެއްގަމު މަންމަލު ޖަނަވާރު ކަމަށްވާ ޖިރާފު ނުވަތަ ޒަރާފާގެ އާބާދީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ބޮޑުތަން ދަށްވެ، ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެއްޖެއެވެ.

އދ. ގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ އިންޓަނޭޝަނަލް ޔޫނިއަން ފޮ ދަ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އިން ބުނި ގޮތުގައި، 1985 ވަނަ އަހަރު ޒަރާފާގެ އާބާދީ އުޅުނީ ގާތްގަނޑަކަށް 155،000ގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް އެ ޖަނަވާރުގެ އާބާދީ ވަނީ 97000 އަށް ދަށްވެފައެވެ.

ޒަރާފާގެ އާބާދީ ދަށްވަމުންދިއުމުގެ ސަބަބެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވަނީ، އެ ޖަނަވާރު އުޅޭ މާހައުލުތައް ގެއްލުމާއި ނުގަވާއިދުން އެތަކެތި މެރުމާއި އެފްރިކާގެ ބޮޑު ސަރަަހައްދެއްގައި ހަމަނުޖެހުން ހިނގަމުންދިއުމެވެ.

އައިޔޫސީއެންގައި މިއަދާ ހަމައަށް ޒަރާފާ ހިމެނިފައިވަނީ ކަންބޮޑުވުން ކުޑަ ޖަނަވާރެއްގެ ގޮތުގައެވެ. ނަމަވެސް ދުނިޔޭގެ ދިރުންތަކުގެ ތެރެއިން ނުރައްކަލެއްގެ ތެރޭގައިވާ އެއްޗެހި ލިސްޓުގައި ކުރާ އައިސީޔޫއެންގެ ރެޑް ލިސްޓުގައި މިހާރު ޒަރާފާ ހިމެނިފައިވަނީ "ވަލްނެރަބަލް" ނުވަތަ ނެތިދިއުމުގެ ބިރު ހީވެދާނެ ކަމަށް ރައްކާތެރިކުރަންޖެހޭ ލިސްޓުގައެވެ.

އައިޔޫސީއެން ރެޑް ލިސްޓުގެ ވަލްނެރަބަލް ލިސްޓަށް އެއްޗެއް އަރަނީ ވޭތުވެދިޔަ ތިން ގަރުނުގެ ތެރޭގައި އެ ދިރުމެއްގެ އާބާދީ 30 ޕަސެންޓަށްވުރެ ދަށްވުމުންނެވެ. އައިޔޫސީއެންގެ ޖިރާފް ސްޕެޝަލިސްޓް ގްރޫޕްގެ ކޯ ޗެއާ، ޖޫލިއަން ފެނެސީ ވިދާޅުވިގޮތުގައި، ޒަރާފީގެ އާބާދީ ދަށްވަމުންދަނީ ވަރަށް މަޑުމައިތިރި ކަމާއެކުއެވެ.

"އެންމެން ހީކުރަނީ ޒަރާފާ ކޮންމެ ތަނަކުން ވެސް ފެންނާނެ ކަމަށް. އެތާއި ރައިނޯސް އާމެދު ދުނިޔެ ކަންބޮޑުވާއިރު، ރާޑަރުން ޒަރާފާ ވެސް ދަނީ ބާރު ދުވެލީގައި ގެއްލެމުން. އެހާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޒަރާފީގެ އާބާދީ ދަށްވުމަކީ އަހަރެމެން ކަންބޮޑުވެ ހައިރާންވި ކަމެއް،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް