ސޮނީސްޕޯޓްސް އަދި ބާޓާގެ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި

އަންނަ އަހަރުގެ ދިރާސީ އަހަރުގެ ފެށުމަށް ތައްޔާރުވަމުން ދާ އިރު، ސޮނީ ސްޕޯޓްސް އާއި ބާޓާ މޯލްޑިވްސްއިން ޚާއްސަ ޑިސްކައުންޓްތަކަކާ އެކު "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފިއެވެ.

ސޮނީ ސްޕޯޓްސްއިން މައުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ޕްރޮމޯޝަނުގައި ޑިސްކައުންޓްތަކުގެ އިތުރުން، ބާޓާ މޯލްޑިވްސްގެ ސްކޫލް ބޫޓާއި ސޮނީ ސްޕޯޓްސްގެ ސްކޫލް ދަބަުން އެއް އަހަރުގެ ވޮރެންޓީ ލިބޭނެއެވެ.

ސޮނީ ސްޕޯޓްސްއިން ނައިކީ، އެޑިޑަސް، ރިޕްކާލް، ރޮކްސީ އަދި ކުއިކްސިލްވާ ބްރޭންޑުތަކުގެ ބެކްޕެކް ވިއްކާ އިރު، ނައިކީ އަދި އެޑިޑަސް ބްރޭންޑުގެ ބޫޓަކާއި އެކު ބެކްޕެކެއް ގަނެފި ނަމަ، ދެ އައިޓަމުން ވެސް 15 ޕަސަންޓު ޑިސްކައުންޓް ލިބޭނެ ކަމަށް ސޮނީން ބުނެއެވެ.

ބާޓާގެ ސްކޫލް ބޫޓެއް ގަތުމަށް 15 ޕަސަންޓުގެ ޑިސްކައުންޓް ވައުޗަރެއް ވެސް ލިބޭނެ ކަމަށް ސޮނީއިން ބުނެއެވެ.

މީގެ އިތުރުން ބާޓާ މޯލްޑިވްސްއިން ވިއްކާ ހުދު އަދި ކަޅު ކުލައިގެ ބޫޓުތައް ވެސް ހެޔޮ އަގުގައި ލިބޭނެ ކަމަށް ސޮނީއިން ބުނެ އެވެ.

ސޮނީގެ ބެކް ޓު ސްކޫލް ޕްރޮމޯޝަން، އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމާ ހަމައަށް ކުރިޔަށް ދާނެއެވެ.

މީގެ އިތުރުން، ރީޔޫސަބަލް ފެންފުޅިއާއި ޕެންސިލް ކޭސްވެސް ސޮނީގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ސޮނީއިން ބުނެ އެވެ.

comment ކޮމެންޓް