Sun Online

ނުރައްކާތެރި ލޯބި

ލިޔުނީއައިޝާ ނަސީމް

" ޓްރުތް އޯރ ޑެއަރ އެއްނޫން ކުޅޭނީ ޝައު.....ހައިޑް އެންޑް ސީކް މާމަޖާވާނެއްނު......" މީރާންމެން އައުމާއިއެކު ހީވީ ބާރުގަދަ ތޫފާނީ ކޮޅިގަޑެއްއައިހެނެވެ. ގަސްތައްވެސް މުލުން ލުއްސައިގެންގޮސްދާނެހެން ހީވިއެވެ. ގަސްތަކުގެ ގޮފިތައް ބިދި ވެރެމުން އެކިދިމާލަށް ކުނިބުނި އެޅެމުން ދިޔައެވެ. ހިކިފަތްތައްވެސް އުދުހެން ފެށިއެވެ. އެންމެން ގެ ހެދުންތަކުގައި ވައި އެޅުވިއެވެ. ގަދަޔަށް އަދަމުން ވަޔާއެކު ނަށަމުންދިޔަ އަލިފާންގަނޑު ކުއްލިއަކަށް ނިވި އެހިސާބު އެކީ އަނދިރިވެގެން ދިޔައެވެ. އެ އަނދިރީގެ ތެރެއިން މީރާން ގެ ވިދާ ދެލޯ ފެނުމުން ފަރުޒާނާގެ ގައިން ހީބިހިނަގައިގެންދިޔައެވެ. އަލިފާންގަޑު ނިވާލީ އައިސްގޭޓްގެ ބޮކިތައް އަންދާލާ ގޮތަށެވެ. ޖިންނިއަކަށް ނޫނީ އެފަދަ ބާރުތަކެއް ލިބިފައެއް ނުވާނެއެވެ.

"ސަޅިއޭ އިގޭ..........." ޝާހާން މީރާން ގެ ގައިގާ ބައްދައިލިއެވެ.
" ހާއޭ...." ފަރުޒާނާ ބިރުން އަލީޒާގެ ގައިގާ އޮޅުލައިގެނެގެން ރޮއިގަތެވެ. އޭނަކުރި ފާފައިގެ ސުންޕާކަމުން މިލިބުނު އުފާކޮޅުވެސް ގެއްލިގެންދާން އުޅެނީހެއްޔެވެ؟ އޭނަވަނީ ކުރެވުނު ކުށަށް ތައުބާވެ ފާފަފުއްސެވުމަށް އެދި ވަރަކަށް ރޮއިފައެވެ. ޑޮކްޓަރެއްގެ ގޮތުގައި ހުރެ ބަލިމީހުނަށް އެހީވަމުން އައިއިރު ދުވަހަކު މީހެއްގެ ފުރާނަ ދުއްވާލަން ޚިޔާލުކޮށްފައެއް ނެތެވެ. ހަމައެކަނި ޝައިތޯނާ އޭނަ މަގުން ކައްސާލީ ޖީނާގެ މަރަށްފަހުގައެވެ. މިވާންއުޅެނީ ކިހިނެއްހެއްޔެވެ؟
" މަމް......އެއީ އެވަރުކަމެއް ނޫނޭ.....ބިރުނުގަނެބަލަ...." ދާނިޝް ފަރުޒާނާ ހިތްހަމަޖައްސާދޭން މަސައްކަތްކުރިއެވެ. ސައްފޫރު އަދި މާލިޔާވެސް ބުނީ އެ ދެޒުވާނުންގެ ކުޅިގަނޑެއްކަމުގައެވެ. އެކަމަކު އިންސާނުންނަށް ހިތަށް އަރާއިރަށް ތޫފާން ގެނެވޭހެއްޔެވެ؟ އަލިފާންގަނޑު ނިވާލެވޭހެއްޔެވެ؟ ބޮކިތައް އަންދާލެވޭހެއްޔެވެ؟
" ބޭނުންވީމަ ފަޔަރ އައުޓް. މޮޅު މޮޅު. ތި ގޭމްވެސް ރަގަޅު....." ޝައުނާ ހޭންފެށިއެވެ. ފަރުޒާނާ އަލީޒާގެ އަތުގައި ހިފަހައްޓާފައި އިނީ އަލީޒާގެ އަތަށްވެސް ތަދުވާހާ ބާރަށެވެ. ކުއްލިއަކަށް މީރާން ފެނުނީ ދާދި ކައިރިންނެވެ.
" ޓެންޓެއް ޖަހާލަން ހެލްޕެއްވައްޓާލަދީބަލަ ފްރެންޑް....މެޖިޝަނުން އައިކަންރަގަޅު...." ޝިރުޒާދު ހުރީ ވަރަށް ވަރުބަލިވެ ނިދާލަން ބޭނުންވެފައެވެ. ހަވީރު މޫދުގައި އުޅެނިކޮށް ފައިކަޑނައިގެން ދިއުމުން ބޭސްއަޅާފައި ހުއްޓަސް ކޮންމެވެސް ވަރަކަށް ރިއްސައެވެ. ޝިރުޒާދުއަށް މީރާން އާއި އެކީ އައީ ކާކުކަން ނޭގުނަސް މީރާންގެ އެކުވެރިއެއްކަން އެގުނެވެ. މައްސަލައަކަށް ވީ މިރޭ މީރާން އާއި އެކީ މިއައީ އޭނަ ދަންނަ " ހަމްޒާދު" އަށް ނުވީމައެވެ. ނަމަވެސް ޝިރުޒާދުއަށް ނަން މުހިއްމެއްނުވިއެވެ. އޭނަ ބޭނުންވީ ނިދާނެތަނެއް ތައްޔާރުކޮށްލައިގެން އަވަހަށް އޮށޯވެލުމަށެވެ.

އޭރު ރާހިލްއާއި އީނާވެސް ވީ ހިގާލަންގޮސްފައެވެ.
" ދަރިފުޅާ. މިއީ މަންމައާއި އައިސްގޭޓުން އަވަލި ޖިންނި. މަންމަ މިބިރުގަންނަނީ ދަރިފުޅަށްކަމެއް ވެދާނެތީ......" ފަރުޒާނާ އަލީޒާގެ ކަންފަތް ކައިރީ ސިއްރުންބުނެލިއެވެ. އެހާސިއްރުން ދެއްކިވާހަކަވެސް މީރާން ދެނެގެންފިއެވެ.
" ނޫން. އާންޓީ. ޑޯންޓްވޮރީ. އެލީއަކީ މަގޭ ފަހަރިކޮއްކޮ. އެންމެނަށް އަނިޔާކުރިޔަސް އެލީއަށް ކަމެއްނުކުރާނެއްނު ދޯ. އެކަމަކު ޔޫ އާ ރައިޓް. ދެޓްސް ވަޓް އައި އޭމް. " މީރާން ނުލަފާފާޑަކަށް ހެވިލާފައި ހުރެ ބުންޏެވެ.
ފަރުޒާނާ ކުރިއަށް ވުރެ ބޮޑަށް ލޯބޮޑުކޮށްލައިގެން ބިރުވެރިގޮތަކަށް މީރާންއަށް ބަލަންފެށިއެވެ.
" އާން ފަރުޒާނާ. މީރާން އަކީ އަހަރެންގެ ދޮށީދަރިފުޅު. އޭނަ އަކީ ހާފް ސުޕަނެޗުރަލް ކުއްޖެއް. މިހެން މިބުނީ މީރާންގެ ބައްޕަ އިންސާނަކަށްނުވާތީ........." މާލިޔާ އެހެންބުނީ ވަރަށް ހަމަޖެހިލާފައެވެ. އެކަމާ ހިތްހަމަޖެހިގެން އިން ކަހަލައެވެ. ފަރުޒާނާ ގެ ހިތް ތެޅިގަތީ ބާރުބާރަށެވެ.
" އިންސާނެއް ނޫނޭ؟ " ފަރުޒާނާ ދެލޯބޮޑުކޮށްލިއެވެ. ދާނިޝް އެތަނުގައި އިދެ އަލިފާންދަޑނިއެއް ކަޑނާލާފައި އެއްލާލުމުން އަނެއްކާ އަލިފާންގަނޑު އަދަންފެށިއެވެ. އެ ރަތް އަލީގައި މީރާން އާއި ދިމާލަށް ފަރުޒާނާއަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އަޖާއިބުވެފައެވެ. މިއީ ހަމަ މާލިޔާގެ ދަރިފުޅުހެއްޔެވެ؟ ދާނިޝްގެ ބޭބެހެއްޔެވެ؟ އިންސާނުންނާއި ރޫހާނީ ބާރުތައްގުޅިގެން ދަރިން ލިބޭ ވާހަކަތައް އޭނަ މިވީހާތަނަށް ގަބޫލުނުކުރެއެވެ. އެކަމަކު ހެކި ދިމާލަށް މިފެންނަނީއެވެ.
" އަހަރެންގެ ބައްޕައަކީ ސިހުރުވެރިޔެއް. އާދައިގެ ސިހުރުވެރިޔެއްނޫން. ތެދަށް ބުނަންޏާ ޑެވިލް ވޯޝިޕްކުރިމީހެއް. އެހެންއުޅުމުގެ ތެރޭގައި އަހަރެންގެ ފިރިމީހާ ޚުސްރޫއާއި ދިމާވީ. ޚުސްރޫ ބައްޕައާއި އެކުވެރިވީ. އޭރު ޚުސްރޫއަކީ ޖިންނިންނާއި ޝައިތޯނުންގެ ރަސްގެފާނު. ބޮޑުމީހާ. އޭނަ ފެނުމުން އަހަންނަށް ވަރަށް ރީތިވި. ލޯބިވެވުނު. އެކަމަކު އެގުނުގޮތުގައި އެއީ މުސްލިމެއް. އެހެންވެ ކްރިސްޓިއެނިޓީ ދޫކޮށްލާފައި މުސްލިމްވެގެން އަހަރެން އޭނައާއި ކާވެނިކޮށްގެން މީރާން ލިބުނީ. މީރާންއަށްވެސް ބައްޕަގެ ބާރުތައްލިބުނީ. އަދި ޖިންނި ޕްރިންސްއިންގެ ރީތިކަންވެސް ލިބިފައިވަނީ ދޯ ދަރިފުޅާ. ޑެވިލްސްއިން އިންސާނުން މަގުފުރައްދަން ރީތި ސިފައިގަ ފެނިލިނަމަވެސް ހަގީގަތުގައި އެމަޚުލޫގުން ވަރަށް ބިރުވެރި. އެކަމަކު މުސްލިމް މޮޑަން ޖިންނިކުދިން ހަމަ ވަރަށް ރީތި. މިސާލަކަށް ހަމްޒާދު ވެސް އެހެރީ. މިހުރިހާ ދުވަހު އޭނަ ސިފަ ބަދަލުކޮށްލައިގެން ކުޑަ ކުޑަ މަޚުލޫގެއްގެ ސިފައިގަ ހުއްޓަސް އެއީ ހަމަ ރީތި ޕްރިންސެއް. އޭނަމެ މަންމަ ގުރޭޝާ ޕަރީ ފަދައިން ރީތިކަން ހުސްކޮށްލާފައި ހުންނަނީ......" މާލިޔާ ހަގީގަތް ކިޔާދިނުމުން އަލީޒާއަށްވެސް ވީ މަޖާކަމަކަށެވެ. ޖިންނިންދެކެ މިވީހާތަނަށް ގެންފައިވާބިރު ފިލައިގެން ދިޔައެވެ. މި އާއިލާ ޖިންނިންނާއި ގުޅިފައިވާތީއެވ

" މީރާން ބްރޯ ލެޕްރެޗޫންއޭ ކިޔައިގެން ޖޯކުޖެހީ އެހެންވީމަ ދޯ. އަސްލު މިރޭ ހިތަށް އެރި އެއީ ކާކުބާވައޭ. މިރޭ ހަމްޒާދު އެއައީ އަސްލު ސިފައިގަ ދޯ. ވަރަށް ހެންޑްސަމް.........." އަލީޒާ ލޯބިގޮތަކަށް ހީލިއެވެ. އަލީޒާ ހަދާންވީ ފުރަތަމަފަހަރު ކޮޓެޖަށް ދިޔަރޭ ދިމާވި އެ ކުޑަ މަޚުލޫގެވެ. އޭރު އޭނައަކަށް ދާނިޝްވެސް ދަސްވެފައެއް ނެތެވެ. އެ ކުޑަމިހާއާއި ދާނިޝް އެކުވެރިކަމެއްވެސް ނޭގެއެވެ. އެމީހާ ފެނުމުން ސިހުނުވަރުން ވަގުތުން އަބުރާލާފައި ގެއަށް ދާންވެސް ގަސްތުކުރިއެވެ.
" ހަމްޒާދު ކައިރީ ބުނަންވާނެ މިސިފައިގަ ހަފާ އާއި ފަނާއަށް ނުފެންނާށޭ. މޮޔަވާނެކަން ގައިމު. އިންސާނުން މޮޔަކަމުން ވެމްޕަޔަރުން ކިޔާ ފޭކްބަޔަކަށް ދީވާނާވާއިރު އެއީ އަސްލެއްނޫން. އަދި އޭގެ އޮރިޖިނަލްވެސް އެހާ ފޫއްސޭ. މަރުވާމީހުން ދިރިގެން ލޭބޮއިގެން އުޅެނީ.....އަގް....." ޝައުނާ އަނގަޔަށް ގޮތެއް ހަދާލިއެވެ.
މީރާން ސިއްރު ނަޒަރަކުން ބަލާލީ ފަރުޒާނާ ގެ މޫނަށްވެރިވަމުންދާ ކުލަވަރުތަކެވެ. އެ ސިކުނޑީގައި ހިގަމުންދާ ކަންތައްތަކެވެ. ވަރަށް ބަރާބަރެވެ. ފަރުޒާނާއަށް ވެސް މިއީ ނަސީބުވެރިކަމެއްކަމަށް ގަބޫލުކުރެވުނެވެ. އެހެން އިންސާނުންނަށް ލިބިފައިނުވާ މޮޅު ކުޅަދާނަކަމެއް ލިބުނީތީއެވެ.
" މާލިޔާ. އަހަރެން އަބަދުވެސް މައުމޫން ގާތު ބުނަން ޑޭން މެން އިމޭޖިނަރީ ފްރެންޑްއިން ގެންގުޅެޔޭ. އަނެއްކާ އެހާ ބާރުގަދަ. އެތަންކޮޅު އަދި އެކްސްޕްލެއިން ކޮށްދީބަލަ. ޑޭންމެންވެސް ހުރޭ ކޮންމެވެސް ބާރެއް. އިންސާނުންނަށް ނުކުރެވޭ ކަންތައް ކުރާކަން ފާހަގަކުރެވޭ....." ފަރުޒާނާ އޮޅުން ފިލުވަން ބޭނުންވިއެވެ.
" އެއީ އަނގޮޓީގެ ބާރު. އަހަރެން ކޮންމެ ކުއްޖެއްގެ އަތުގައި އަޅުވާފައި އޮންނަ އަނގޮޓީގެ ސަބަބުން ޖިންނިންގެ ޕަވަރ އެހޯދަނީ. އެކަމަކު މައުމޫން ބުނުއްވާގޮތުން ދެން އަހަރެމެން މުސްލިމުންނަށް ވީމަ ހިޔެއްނުވޭ އެފަދަ ކަންތަކަށް ތަބާވާންޖެހޭނެހެން. ޖިންނިންގެ ބާރު ހޯދުމަކީވެސް ޝިރުކެއްކަމަށް މައުމޫން ދެކިލައްވަނީ. އެހެންވީމަ ދެން އެ އަނގޮޓިތައްވެސް ޚުސްރޫ އާއި ހަވާލުކުރަންކަމަށް. އެކަމަކު ދެން ޖިންނިންގެ އެހީއަކަށް ބޭނުންވެއްޖެއްޔާ އަހަރެން ގެ މީރާން އާއި އެކުވެރިންވެސް އުޅޭނެތާ. އަބަދުވެސް އެ ކަނެކްޝަން އޮންނާނެ......"މާލިޔާ ބުންޏެވެ.
" ސަމްހައު ޑާރކް ވޯލްޑްއާއި ކަނެކްޓް ވެފައި މިއޮތީ......އިންޓެރެސްޓިން...." ސައްފޫރު އިނީ މާލިޔާއާއި ގާތުގައި ފަރުޒާނާ ފެންނަގޮތަށް އިށީދެލައިގެންނެވެ. ދޭތެރެއަކުން އެދެމީހުންގެ ނަޒަރު ބައްދަލުވެއެވެ. އެކަމާއި ބެހޭގޮތުން ވަރަށް ބަހުސްކުރެވުނެވެ. އެންމެން ތިބީ ވަރަށް ފޯރިއައިސްފައެވެ. ޚާއްސަކޮށް ފަރުޒާނާއެވެ. ދާނިޝްމެން އެއްބަސްވިގޮތުން އެޒުވާނުންނަށް " ހަންޑި " މިކިޔާ އެއްޗެހިވެސް ފެނެއެވެ. އިންސާނުން ހަންޑި، ގޯސްޓް، ވެމްޕަޔަރ ،އަވަށްޓެހި ފަދަ ކޮންމެ ނަމެއްކިޔަސް މުސްލިމުން އެއްބަސްވާންޖެހޭނެ ހަގީގަތަކީ ދުނިޔޭގައި އިންސާނުންނާއި އެކޭ އެއްގޮތަށް ޖިންނި ޝައިތޯނުން އުފައްދަވާފައިކަމަށާއި އީމާން ވާން ޖެހޭނެކަމެވެ. ބައެއްފަހަރު ޖިންނިންތައް ކޮންމެވެސް ސިފައެއްގައި އިންސާނުންގެ ދިރިއުޅުމަށް އައިސްދާނެކަމެވެ.
ފޭލިގެތައް ޖަހަން މީރާންމެން ތިބިއިރު ފަރުޒާނާވެސް ވާހަކަދެއްކިއެވެ. ހައިޑް އެންޑް ސީކްވެސް ކުޅުނެވެ. މަސްފިހެގެން ކެއެވެ. އެއަށްފަހު ފަރުޒާނާއާއި މާލިޔާ އަދި ސައްފޫރުއާއި މައުމޫން ވެސް ނިދަން އޮށޯތީއެވެ. ރިހާނާވެސް ކުޑަކޮށް މޭނުބައިކުރާގޮތްވުމުން މާލިޔާ އާއި ފަރުޒާނާ ގާތު އޮށޯވެލީއެވެ. އެވަރަށް ސަކަރާތް ޖެހުމުންވެސް ޒުވާންކުދިންކޮޅު ވަރުބަލިވިހެނެއް ހިޔެއްނުވެއެވެ. އަލިފާންގަނޑު ކައިރީ ވާހަކަދައްކާލަން ތިބީއެވެ.
" އަދި ވަރަށް ހޮޓް ނިއުސް އެއް އެބައޮތޭ. ހަފާއުޅެނީ އުޅޭނެގޮތަކަށް ގެއަކަށް ނިދަން ނާދޭ. މިހާރު ޕްރެގް. ހަފާއަށްވެސް ނޭގޭނެ އެކުއްޖާގެ ބައްޕަވަކިކުރަން. އެހާވެސް ގޯސް. އެތައް ފިރިހެންކުދިންނަކާއި ރައްޓެހިވެގެން ސިގްރެޓްވެސް ބޮއި. އަދި ސާއިރާއަށް ހަފާއުޅޭ ނޫޅޭގޮތެއް ނޭގޭ. މިރޭ ހޮސްޕިޓަލުގައި ބާއްވައިގެން ޓެސްޓް ހަދަން ދީގެން އެބައުޅޭ. ހިތަށް އަރަނީ ޑޮކްޓަރ ހަފާ ޕްރެގްއޭ ބުނީމަ ސާއިރާއަށް ވާނެވަރު. ހޮޑުލައިލައި މަރުވާވަރުވާއިރުވެސް ސާއިރާއަކަށް ރޭކާނުލާ ހަފާ މިއިނީ ބަލިވެކަން. މިޚަބަރުވެސް ގެނެސްދިނީ ފަނާގެ ބިޓު އަމްރު. އަމްރު އަނެއްކާ ފަނާގެ ކައިރިއަށް ދޭ މީރާންގެ ސިފަ ޖެހިގެން. އޭނަ ފަނާ ގާތު ބުނި ތިމަންނައަކީ ޖިންނިއެކޭ. މީރާންގެ ސިފަޖެހިގެންނޭ މިއަންނަނީ. ފަނާ ބުނީ ޖިންނިއަކަށްވިޔަސް ހެވޭ. ފަނާ ހަމަ އަމްރުދެކެ މޮޔަވެފައި. އަސްލު ސިފަ ފެނިއްޖެއްޔާ ފަނާ ފެއިންޓްވެސް ވެދާނެ......" ހަމްޒާދު ވެސް ވާހަކަ ދައްކަނީ ކުރީގެ ތުއި ހިމަ އަޑަކުން ނޫނެވެ. ފިރިހެންވަންތަ ބަރު އަޑަކުންނެވެ.
"ފަނާއަށް އަދިވެސް ހީވެފައި އޮންނާނީ އަސްލު އަހަންނަކީ ސްވިސް މީހެއްކަމަށް. ކޮޓެޖް ގައި ހުންނަ ޖިންނި އަހަރެންގެ ސިފައިގާ ހުރެ އޭނައާއި ބައްދަލުކުރަނީކަމަށް. ފަނާއަކަށް ނޭގޭނެ އަހަންނަކީވެސް އަމްރުފަދައިން އިންސާނެއްނޫންކަން. މަޖާ. އަމްރު ވަރަށް ގަމާރުވާނެ. އޭނަ ހުއްޓާލާނީ ފަނާ މޮޔަކޮށްލާފައި. އެދުވަސްދެކޭހިތްވޭ...." މީރާން އޮތީ ބަންޑުން އޮށޯވެލައިގެން އަތުގެ އުޅަބޮށިދަތްދޮޅީގައި އަޅުވާލައިގެނެވެ.
މީރާންއަށްވެސް މިވަނީ އިންސި ކުއްޖަކު ދެކެ ވަރަށްބޮޑަށް ލޯބިވެފައެވެ. އެއީ އަދި ކޮއްކޮމެން ގާތުގައިވެސް އޭނަ ހިއްސާނުކުރާ ސިއްރެކެވެ. އެ ލޯބީގެ ޚަބަރު އެގިއްޖެއްޔާ ދެން ވާނެގޮތެއް އެގެނީކީވެސް ނޫނެވެ. ބައެއްކަންތަކަކީ ކަށްވަޅަށް ދާންދެންވެސް ފޮރުވަންޖެހޭ ކަންތަކެވެ. އެފަދަ ކަމެއް އެގިގެން އާއިލާގެ އުފާވެރިކަން ވިއްސިވިހާލިވެއްޖެއްޔާ އެނިމުނީއެވެ.
އޭނައަށް ބާރުގެ ބޭނުންކުރެވިދާނެއެވެ. އެލޯބި ހާސިލުކުރަން ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެއެވެ. ނަމަވެސް............އާއިލާތެރޭގައި ހަމަނުޖެހުން އުފައްދާކަށް ނުވާނެއެވެ.

މީރާން އާއި ހަމްޒާދު ގޮނޑުދޮށުން ހިނގާފައި ދިޔަލެއް އަލީޒާ ފާހަގަ ކުރިއެވެ. ކްލެސިކް ވެމްޕަޔަރ ހިގުމެވެ. ދޮންވެލިގަނޑުމަތީގައި އެހެން ޒުވާނުން ފިޔަވަޅުތަކުގެ އަސަރުތައް ދޫކުރަމުން ދިޔަސް އެ ދެ ޒުވާނުންގެ ފިޔަވަޅުގެ އަސަރެއްނެތެވެ. އިންސާނުން ނޭވާލުމަށް އޮކްސިޖަން ބޭނުންވާހެން މީރާންމެން ވެސް ބޭނުންވޭހެއްޔެވެ؟ އެތައްސުވާލުތަކެއް އަލީޒާގެ ހިތުގައި އުފެދުނެވެ. ޖިންނިނަސްލުގެ އެއްވެސް މައުލޫމާތެއް ސައިންޓިސްޓުންނަށްވެސް ނުހޯދޭނެހެއްޔެވެ؟ ސައިންޓިސްޓުންނަށްވެސް ނުވިކަމެއް އަލީޒާމެނަށް ވާނެ ފުރުސަތު މިއޮތީ ލިބިފައެވެ. ޖިންނި ރަސްދަރިކަލުންނާއި އެކުވެރިވުމުގެ ނަސީބުލިބުނީއެވެ. ހަމައެކަނި އެކުވެރިޔެއްނޫނެވެ. އާއިލީ ގޮތުން ވެސްގުޅިފައެވެ. ގަބޫލުކުރާނެ މީހަކު ކުރަންވީއެވެ. މިއީ ހަގީގަތަކެވެ.
ރާހިލްއާއި އީނަ އަތުގުޅުވާލައިގެން އެ ގޮނޑުދޮށުގައި ހިގާލާފައި ދިޔައިރު ތަފާތު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. އެމަޑު ދޮންވެލިގަނޑުމަތީގައި ހުސްފަޔާ ހިގުމުގެ އަރާމު ހާސިލުކުރަމުން ދިޔައިރު ބައެއްފަހަރު ރާހިލް އީނާ ބިރުގަންނަވާލައެވެ. ފަރާއި ދިމާލުން އަލިކޮޅެއް ފެނުމުން ފުރޭތަ އަރަނީ އޭ ބުނުމުން އީނާ ހަޅޭއްލަވައިގެންފާ ރާހިލް ގެ ގައިގާ ބައްދައިގަތެވެ.
" ފިޑި ކުއްޖާގަޑު................. " ރާހިލް ހީގަތެވެ. އޭނަ ހަދާންވީ މީރާންމެނެވެ. ކުރީގައި އޭނަވެސް ޖިންނިބިރުގަނެއެވެ. މިހާރު އެފަދަ ބާރުގަދަ އެކުވެރިންގެ ސަބަބުން އެދުނިޔެއަށް މިވަނީ އަހުލުވެރިވެފައެވެ. ހިތްވަރުގަދަވެ ބިރުކުޑަ ޒުވާނަކަށްވެފައެވެ.
" ވިއްސާރަވަނީތަ؟" ވައިބާރުވާން ފެށުމުން އީނާ ކަންބޮޑުވެފައިވާ ނަޒަރަކުން ގަސްތަކާއި ދިމާލަށް ބަލާލިއެވެ.
"ނުވޭ.......އުޑުމަތި ކިހާ ރީތި....ހިގާ ބޮއްކުރާ ދުއްވާލަން ދަމާ....މަޖާވާނެ......" ރާހިލް ގޮނޑުދޮށުގައި ބަދެލާފައިވާ ބޮއްކުރައަކަށް އިޝާރާތްކޮށްލަމުން ބުންޏެވެ. ރާހިލް އާއި އީނާ ވަރަށް މަސައްކަތުން ބޮއްކުރާ މޮހެލާފައި ދަމާ މޫދަށް ލައިފިއެވެ. ދެކުދިން ބޮއްކުރާ ދުއްވާލަން ދިޔައިރު ވެސް ވަރުބަލިކަމުގެ އެއްވެސް ކުލަވަރެއް މޫނަކުން ނުފެނެއެވެ. ކަނޑުގެ ފިނިވައިރޯޅިތައް ހަމުގައި ބީހިލުމުން ކުޑަކޮށް ފިނިވާގޮތްވާންފެށުމުން ރާހިލް އީނާގެ އަތުގައި ހިފެހެއްޓިއެވެ.
" އީން ފިނިވީތަ؟ އާދޭ ބައްދާލަން....." ރާހިލް ލާނެތްހިނިތުންވުމަކާއި އެކު ބުނެލިއެވެ.
" މީހަކަށް ފެނިދާނެ......." ބޮއްކުރާ ލުއި ރާޅުތަކާއި އެކު ކިރިލަކިރިލާ އޮތީ ކަކޫތާހާ ފުންފެނުގައެވެ. އެކަމަކު މަޑުމަޑުން ބޮއްކުރާ އޮޔާއި ދަމަމުން ދިޔަކަމެއް ދެ ޒުވާނުންނަކަށް ވެސް ރޭކާލާހެނެއްހިޔެއް ނުވެއެވެ. އެއަށްވުރެ ބޮޑަށް އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައެވެ.
" ފެނުނަސް ހެވޭ. ފާފައެއްނުކުރަމެއް ނު ދޯ އީން. ކްލޯޒް ޔޯ އައިސް.........." ރާހިލް އެދުނެވެ. އީނާ ވަގުތުން ލޯ މަރާލިއެވެ. އިރުކޮޅަކުން ލޯ ހުޅުވާން އެދުމުން އީނާ ބަލާލިއިރު ރާހިލްގެ އަތުގައި އޮތީ އިތާމުތް ބޮއްޔެކެވެ. އެ ހުޅުވާލިއިރު އޭގެ ތެރޭގައި އޮތީ ވަރަށް ރީތި ޕާރލް އަގޮޓީއެކެވެ. އީނާގެ ހިތް އުފަލުން ފުރުނެވެ.
" ވިލް ޔޫ މެރީ މީ އީން....." ރާހިލް އީނާގެ އަތުގައި ހިފަހައްޓާލަމުން ވަރަށް ލޯބިން އަހައިލިއެވެ. އީނާގެ ހިތް އުފަލުން އުދުއްސައިގަތެވެ. ހިތުގެ ވިންދު އެތައް ގުނަ އިތުރުވިއެވެ. އޭނަ އަބަދުވެސް ދެކެމުން އައި ރީތި ހުވަފެން ހަގީގަތަކަށް ވުމުގެ ފުރަތަމަ ފިޔަވަޅެވެ. އީނާއަށް އުފަލުން ރޮވުނެވެ. ރާހިލް އީނާ ގެ އަތުގައި އެ އަނގޮޓީ އަޅުވާދިނެވެ. އީނާއަށް އެ އަނގޮޓީގައި ބޮސްދެވުނެވެ.
" ޔެސް " އީނާއަށް އިތުރު އެއްޗެކޭ ނުބުނެވުނެވެ. ރާހިލްގެ އަތުތެރެއަށް ވަނެވެ.
ދެ ޒުވާނުން ލޯބީގެ އޮއިވަރުގައި ޖެހިފައި ތިއްބާ ބޮއްކުރާ ކަނޑާއި ހަމަޔަށް ދިޔައެވެ . ރާހިލްއަށް ވާނުވާ އެގެންފެށީ ޖެހި ރާޅަކާއި އެކީ ބޮއްކުރާ ބަންޑުން ޖަހާލުމުންނެވެ. އެވަގުތު އީނާގެ އަނގައިން ބިރުވެރި ހަޅޭކެއްގެ އަޑު ފަޒާގެ ތެރެއަށް އަރައިގެން ދިޔައެވެ. އެ ނާމާން ނުރައްކާތެރި ވަގުތު އެއްލި އަތުން ރާހިލްއަށް އީނާގެ އަތުގައި ހިފުނެވެ. އީނާއަށް ރަގަޅަށް ފަތަން ނޭގެއެވެ. ކަޑުގެ ބިޔަ ރާޅުތަކާއި އަދިރިކަން އަދި ވަގުތުގެ ނުރައްކާ އިހުސާސްކުރެވިފައި ހިތްފަޅައިގެންދާހާ ބިރުން ހުރި އީނާއަށް ރާހިލް ގެ ގައިގާ ހިފައިގަނެވުނީއެވެ. އީނާ ޕެނިކް އެޓޭކެއްޖެހުނުހެން ހީވިއެވެ. އީނާ ހަޅޭއްލެވިވަރަކަށް ރާޅުތައްވެސް ބޮޑުވާކަމަށް ފާހަގަކުރެވުނެވެ.
" އޯނޯ..." ރާހިލް އަށް ވެސް ގޮތްހުސްވިއެވެ. އެގޮތަށް އީނާ ހިފައިގަތުމުން އޭނައަށް ވެސް ފަތަން އުދަގޫވެ ސަލާމަތް ވާނެކަމާއި މެދުޔަގީންކަން ކުޑަވިއެވެ. އޮއި ބާރުކަމުން އީނަގޮވައިގެން ފެތުންވެސް ފަސޭހައެއް ނުވާނެއެވެ. އޮޔާއި ދެކޮޅަށް ފަތަން މަސައްކަތްކުރިޔަސް ބޮލަށް ބިންދާ ރާޅުތަކާއި ބިރުން ތެޅިގެން ރާހިލް ގެ ގައިގާ އެލުވިގަނެގެން އޮތް އީނާގެ ސަބަބުން ރާހިލްއަށް ކުރިޔަށް ދެވޭގޮތެއް ނުވިއެވެ. އެވަރުންވެސް އީނާ ސަލާމަތްކުރަން ރާހިލް ބޭނުންވިއެވެ. ނަމަވެސް ބޮއްކުރާ އާއި ހަމަޔަށްވެސް ދެވޭނެގޮތެއްނުވިއެވެ. ބާރު ހުސްވާންފެށިއެވެ.
އެ ބިރުވެރި ސިކުންތުކޮޅު ކޮންމެވެސް މީހަކު ރާހިލް އާއި އީނާގެ އަތުގައި ހިފެހެއްޓިއެވެ.
" މީރާން........" ރާހިލް އަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ކިޔާލެވުނެވެ. އުޑާއި ދިމާލަށް ބަލައިލަމުން މާތް ﷲ އަށް ޝުކުރުވެރިވިއެވެ.
މީރާން ވަރަށް ކުޅަދާނަކަމާއި އެކީ ބޮއްކުރާ އެމީހުންނާއި ހަމަޔަށް ގެނައެވެ. ރާހިލް އީނާ ބޮއްކުރާއަށް އެރުވިއެވެ. އީނާ އިނީ ބިރުން ކަކުލުގައި ދަތްދޮޅި ވިއްދާލައިގެނެވެ. ބިރުން ގޮސް ރޫރޫ އަޅަމުން ދިޔައެވެ. ރާހިލް ހަދާން ވީ ހޮސްޕިޓަލުގައި އީނާ އެޑްމިޓްކޮށްފައި އޮތް ދުވަހެވެ. ރާހިލް އެ ފިނި ކަޑނުގައި ބޮއްކުރާގައި އަތް އަޅުވާލައިގެން އޮތް އިރު އީނާއާއި ދިމާލަށް ބަލަހން ހުރެވުނީ ވަރަށް އަސަރާއި އެކީގައެވެ. އިނާ ނުގެއްލުނީ ހަމަ ކިރިޔާއެވެ.

" ކަނޑުގައި ޕްރޮޕޯސްކުރަންޏާ ވާނީ ތިވަރު. ދެން ޓައިޓޭނިކް ކުޅެން ނަހަދާ ހިގާބަލަ އައްސޭރިއަށް..."މީރާން ރާހިލްގެ ކޮނޑަށް އަތް ވައްޓާލިއެވެ.
" ހޭއި ތެންކިއު މައި ޑާލިން ފްރެންޑް. މި އިހުސާންތެރިކަން މުޅި އުމުރުގައިވެސް ހަދާން ނައްތައެއްނުލެވޭނެ. ގްރޭޓެސްޓް ފްރެންޑް އެވަރ......." ރާހިލް މީރާން ގެ ގައިގާ އޮޅުލައިގަނެފާ ކޯތާފަތުގައި ބޮސްދިނެވެ. އެތައް ފަހަރު ޝުކުރުވެރިވިއެވެ. މީރާންފަދަ ސުޕަރނެޗުރަލް އެކުވެރިން ގެ ބޭނުމަކީ މިއީއެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅު ފޮނުއްވާ ރަހުމަތެއްފަދައެވެ.
ރާހިލް އާއި މީރާން ބޮއްކުރާ އައްސޭރި ފަށާއި ހަމަޔަށް ގެނައެވެ.
" ލޯބި. ދެން ދެރަނުވޭ. މަޖާގޮތަކަށް މި ޕްރޮޕޯސްކުރެވުނީ. ހިތުން ނުފިލާނެ ފަދަ ގޮތަކަށް........." ރާހިލް އީނާ ގެނެސްމޭގައި ޖައްސާލަމުން ލޮލުގައިވާ ކަރުނަ ފޮހެލަދިނެވެ. އެ މަޑު ތުންފަތުގައި ބޮސްދިނެވެ. ތެތް ހެދުންތަކުގައި ވައިރޯޅިތައް ބީހިލުމުން ކުރިއަށްވުރެ ބޮޑަށް އީނާ ހީކަރުވައިގަތެވެ. ނަމަވެސް ރާހިލްގެ ހަށިގަނޑުގެ ހޫނުކަމުން އީނައަށް ވަރަށް އަރާމުވިއެވެ.

" ވަރަށް ޔުނިކް ޕްރޮޕޯސަލް އެއް. މިރޭ މަރުވިނަމަ އެންމެނަށް ޝޮކެއް ލިބުނީސް ދޯ....... ...." އީނާވެސް ހޭން ފެށިއެވެ. ފިނިވެފައިވާ ވަރުން ދެން އެ ޒުވާނުންވެސް ތެތް ހެދުން ބަދަލުކުރުމަށްފަހު އަލިފާންގަނޑު ދޮށަށްގޮސް އެހެން ކުދިންނާއި ބައިވެރިވިއެވެ. ރާހިލްމެނަށް އެންމެން މުބާރިކްބާދީ ކިއެވެ. އަވަހަށް ރީތި ތާރީޚެއް ކަނޑައަޅަން އެދުނެވެ. އެކިކުދިންގެ ޕްރޮޕޯސްކުރިގޮތް ކިޔައިދިން އިރު އެންމެ ސަޅިގޮތަކަށް ޕްރޮޕޯސްކުރެވިފައި އޮތީ ޝާހާންއަށެވެ. ބީޗަށް ފިނިފެންމާ ފިޔަތައް އޮއްސާލުމަށްފަހު ލޯބި އުއްބައްތި ތަކުން ވިލް ޔޫ މެރީ އަޅާލާފައި އޮތީ ގޮނޑުދޮށުގައެވެ. އެންމެ ދޯދިޔާކޮށް ކައިވެނި ހުށަހެޅިކަމުގެ ވޯޓް ލިބުނީ ދާނިޝްއަށެވެ.
އެންމެން ފޭލިގެތަކަށް ވަދެ ސްލީޕިން ބޭގްތަކުގައި ނިދާލަން ޖައްސާލިއިރު ތިނެއްވެސް ޖަހައިފިއެވެ. އަލީޒާ ބިރުން އޮތީ ނަންނުގަތި ކުރަފި ފަދަ އެއްޗެއް ފެނިދާނެތީއެވެ. ހިތްވަރުގަދަވި ނަމަވެސް އަންހެންކުދިން ކޮންމެވެސް އެއްޗެއް ދެކެ ބިރުގަންނާނެކަން ދާނިޝް އަށް އެގެއެވެ. އެއީކީ މައްސަލައެއް ނޫނެވެ. ދާނިޝް ބޭނުންވިކަންތައް މިއޮތީ ވެފައެވެ. އޭނަ ބޭނުންވީ އަލީޒާ ރޫހާނީ ދިރިއުޅުމަށް ހޭނުވުމެވެ. މީރާން އަކީ އާއިލާގެ އެއްބައި ކަން ގަބޫލުކުރުމެވެ. އަލީޒާ ވަނީ ހީކުރި ވަރަށް ވުރެވެސް މާރަގަޅަށް އެކަންތައް ނަގާފައެވެ. މީރާންއާއި ސަމާސާކޮށް ބްރޯ ކިޔައިގެން ވާހަކަ ދައްކަންވެސް ޖެހިލުމެއްނުވެއެވެ. ދާނިޝް ދެން ފޮރުވަން ޖެހޭ އެއްވެސް ސިއްރެއްނެތެވެ. އެ ދެމަފިރިންގެ ދޭތެރޭގައި ވާހާ ސިއްރެއް މިވަނީ ހިއްސާކުރެވި ނިމިފައެވެ.
އުފާވެރި ހަދާންނައްތާލުން ދަތި ދަތުރަކަށް ފަހު އެންމެން އެބުރި މާލެއަށް އަތުވެއްޖެއެވެ.
ފަރުޒާނާ އަލުން އައިސްގޭޓް ހޮސްޕިޓަލަށް ވަޒީފާއަށް ދާން ފެށިއެވެ. ފަރުޒާނާއާއި ސައްފޫރު ކޮންމެ ދުވަހަކުހެން ކޮޓެޖްއަށް ޒިޔާރަތްކުރެއެވެ. އަލީޒާއާއި އެކު ވަގުތު ހޭދަކުރެއެވެ. އަލީޒާ އެގޭގައި އޭނަގެ މަންމަ ފަރުޒާނާ ބަހައްޓަން ވަރަށް މަސައްކަތްކުރިއެވެ. އެކަމަކު އެ ދެލޯބިވެރިންނަށް ހިތްފަސޭހަވާނީ އެކުދިންގެ އަމިއްލަ ދުނިޔޭގައި އުޅުންކަން އަމިއްލައަށް ވިސްނިގެން ފަރުޒާނާ ގަބޫލުނުވީއެވެ. ނަމަވެސް އެއީ މިދުނިޔެއިން ފަރުޒާނާ އެންމެ ލޯބިވާ ގެއެވެ. އެންމެ ލޯބިވާ ދެކުދިންނެވެ. ދަރިފުޅާއޭ ކިޔާފައި ނޫނީ ދެކުދިންނަށްވެސް ގޮވާނުލެވެއެވެ. ޚާއްސަކޮށް އަލީޒާއަށް ލޯބި ދޫނި ފަދަ ނަމުން ކިޔުމަކީ ވެސް ފަރުޒާނާގެ އާދައަކަށް ވިއެވެ. މަންމަ އާއި ބައްޕަގެ އެ ލޯތްބާއި އޯގާތެރިކަމުގެ ސަބަބަން އަލީޒާމިއަދު މިވަނީ ނަސީބުރަގަޅު ކުއްޖަކަށްވެނިމިފައެވެ. އެތައް ބަޔެއް ގެ ހިފެހެއްޓުމެއްނެތް ލޯބިވަނީ އޭނަ ވަށާލާފައެވެ.
މައުމޫން ވަރިކުރިތާ ތިން މަސްފަހުން ސައްފޫރު ފަރުޒާނާއާއި ކައިވެނިކޮށްގެން ސައްފޫރުގެ ގެއަށް ދިރިއުޅުން ބަދަލުކޮށްފިއެވެ. މައުމޫންއާއި މާލިޔާވެސް ކައިވެންޏަށް ފަހު ހޭދަކުރަމުންދަނީ އުފާވެރި ދުވަސްތަކެވެ. ދާނިޔާލް އާއި ދާނިޝް އަދި ޝާހާންއަށް ލޯބިވާ މަންމައާއި ބައްޕައާއިއެކު އެއްގެއެއްގައި އުފަލުން ދިރިއުޅޭނެ ފުރުސަތު ލިބިއްޖެއެވެ.
ފަވާދު އޮސްޓްރޭލިޔާއަށް ކިޔަވަން ފޮނުވީ އަލީޒާގެ އެދުމަށް ދާނިޝްއެވެ. ފަސްއަހަރު ދުވަހުގެ ކޯހަކަށް އޭނަ ބޭރަށް ފުރިއިރު އަބުރާ ރާއްޖެ އަންނާކަށް އެއްގޮތަކަށްވެސް ހިތަކަށް ނާރުވައެވެ. ހަފާމެންގެ އުޅުމުގެ ސަބަބުން މުޅި ހިސާބުގައި އެ އާއިލާގެ އަގު ވެއްޓިއްޖެއެވެ. ހަފާ ބޮޑު ބަނޑެއްލައިގެން ހުންނައިރުވެސް އެއްވެސް ލަދެއްނެތި ދޮރާށި ދޮށުގައި ފިރިހެންކުދިންލައިގެން ސިގްރެޓް ބޯން ހުރެއެވެ. މަންމަ ހަޅޭއްފަޅޭއް ޖަހާފައި ވަރުބަލިވެގެން ގޮތްހުސްވެފައި އެތެރެއަށް ވަދެއެވެ. އެއީ ފަވާދު އެއްގޮތަކަށްވެސް ދެކެން ބޭނުންވާ މަންޒަރުތަކެއް ނޫނެވެ. އޭނަގެ ދަހިވެތިކަމުން ލިބުނު ޖަވާހިރެއްފަދަ ދަރިފުޅު ނަގާލެވުނީއެވެ. ބައެއްފަހަރު އަލީޒާގެ ވާހަކަ ދައްކާފައި ސާއިރާ ރޮއެވެ. އެކަމަކު ދެން އަލީޒާގެ ގާތަށް ދާކަށް ނުކެރޭނެއެވެ.


ސާއިރާގެ ބައްޕަ ދާދި ފަހުން އޭނަގެ ކައިރީގައި އިއުތިރާފު ވިގޮތުން އަލީޒާ ތުއްތުއިރު އޭނައާއި ހަވާލުކުރީ ވަރުގަދަ ޖިންނި ރަސްކަލެކެވެ. އެ އާއިލާއަށް ފަންޑިތަ ހަދަން ވެއްޖެއްޔާ އޭނަގެ ބާރު ކެނޑިދާނެކަމަށް ސާއިރާ ގާތު އޭނަވަނީ ބުނެފައެވެ. ސާއިރާ އެފަހުން އައިސްގޭޓް މަގުން ހިގާވެސް ނުލައެވެ. އަލީޒާދެކެވެސް ބިރުގަނެއެވެ. ސާއިރާ އަށް ބައްޕަ ހީކުރުވާފައި ވަނީ އަލީޒާއަކީ ޖިންނިއެއްގެ ދަރިއެއްކަމުގައެވެ.
ދާނިޝް ޑިޔުޓީގައި ހުރެފައި ކޮޓެޖަށް އައިއިރު އަލީޒާ އޮތީ ސޯފާގައި އޮށޯވެލައިގެނެވެ. ދާނިޝް ޓައީ ދޫކޮށްލުމަށްފަހު ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. އޭނަހުރީ ހޫނުވެފައެވެ. އިރުގެ ގަދަ އަވީގެ ސަބަބުން ޓޭންވެފައިވާ އެ ސީރިޔަސް ރީތި މޫނުވަނީ ތާޒާކޮށެވެ. އެހާގިނައިރު ވަންދެން ޑިޔުޓީގައި ހުރިނަމަވެސް ދެންމެ ފެންވަރާލައިގެން އައިފަދައިންނެވެ. އަލީޒާ ފެނުމުން ދާނިޝް އެ ފުރިހަމަ ރީތި ހިނިތުންވުން ހަދިޔާކޮށްލިއެވެ.
" ހަވްޒް މައި ޕްރިންސެސް. އަދިވެސް ވަރުބަލިވެފަތަ. އޯ ގޯޑް. އަސްލުވެސް ހާރޓްބީޓް ހާދަ ފާސްޓް........." ދާނިޝް ސޯފާގެ މަގަތުގައި އިށީދެ ސްޓެތޯ އަލީޒާގެ މޭގައި ޖެއްސިއެވެ.
" ޑޭންގެ ޓަޗްއިން ވާހާ ކަންތައް... އެއީ މިރީތިކުއްޖާ ފެނުނީމަ އަބަދު ވާގޮތެކޭ ބުނަމެއްނު ހެހެ....." އަލީޒާ ދާނިޝްގެ އަތް އަލީޒާގެ މޭގައި ބާއްވާލަމުން ލާނެތްގޮތަކަށް ހިނިތުންވެލިއެވެ. ޓީވީއިން އަންނަ އިގިރޭސި ރީތި ލަވައިގެ ސަބަބުން އަދި އިތުރަށް ލޯބީގެ އަސަރުތައް ދެހިތުގައި ހޭލައްވާލިއެވެ. އަލީޒާ ފެންނަކޮންމެފަހަރަކު ބައްދާލާ ލޯބިކޮށްނުލާ ދާނިޝްއަށް ދުރެއް ނުވެވެއެވެ. މިހާ ވަރުބަލިވެ ރެސްޓެއް ނަގާލަން ބޭނުންވެފައި ހުރި ދުވަހުވެސް ދާނިޝް ބޭނުންވީ އޭނަގެ އަލީޒާއާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ.
"މަންމަ ޕިއްޒާއެއް ގެނެސްދީފައި އެބައޮތް. އައިސްގޭޓް އިން ޑޭން މަންމަ ސްވިސް ޑިޝްތަކެއް ފޮނުވި. އެލީ އެއްޗެއް ނެހެދިޔަސް ވާވަރަށްވުރެ ގިނައިން އެބަލިބޭ. ހިނގާ ކޮފީ ބޯލަން........ " އަލީޒާގެ ހޭވިފައިވާ އިސްތަށިގަޑު ރީތިކޮށްލުމަށްފަހު ރަންކުލައިގެ ވޫލްކޮޅުން ރީތިކޮށް އައްސާލިއެވެ. ދާނިޝްގެ ކޮލުގައި ހިފާލިއެވެ. އަލީޒާ ތެދުވުމުން ކުއްލިއަކަށް ބޮލަށް ގޮތެއްވިއެވެ. އޭނަ ހުއްޓުން އެރިއެވެ. ލޯމަރާލެވުނެވެ.
" ވަޓް ހެޕެންޑް؟ ކޮންމެވެސް ކަމެއް ވެއްޖެ. ބުނެބަލަ ބޭބީ.......ބަލީތަ؟ " ދާނިޝް އަލީޒާގެ ގައިގާ ހިފަހައްޓާލަމުން ކަންބޮޑުވެފައި ވާ ނަޒަރަކުން އަލީޒާ ގެ މޫނަށް ބަލާލިއެވެ.
" ނޫނޭ. ކަމެއްނުވޭ. އައިމް ފައިން. އެކަމަކު މިއަދު ފޯރޓީ ސެކަންޑް ޑޭ. ހިތަށް އަރަނީ.......ވެދާނެބާ....ދުވަހަކު ދެން މިހާ ލަހެއް ނުވެއެއްނު ޑާލިން... ކަންބޮޑުވަނީ ފޯލްސް އެލާމްއަކަށް ވެދާނެތީ........" އަލީޒާ ގެ ކޯތާފަތަށް ރަތްކުލަވެރިވެގެން ދިޔައެވެ. ލަސްލަހުން ލޯ ހުޅުވާލަމުން ހިނިތުންވެލިއެވެ.

" ރިއަލީ؟ " ދާނިޝް ވަގުތުން ކަލަންޑަރު ޗެކްކުރިއެވެ. ހިތް އަވަސްވިވަރުން ވަގުތުން ފާމަސީއަކަށް ގޮސް ކިޓެއް ގަތެވެ. އެކަން ޔަގީންކުރަން ހަމަ މިހާރު ދާނިޝް ބޭނުމެވެ. ގެއަށް އައިސް ޓެސްޓް ހެދިއިރު ދެ ލައިން ފެންނަން އިނުމުން ދާނިޝްއަށް ހީވީ ދުނިޔޭގެ ހުރިހާ އުފާތައް އެއްފަހަރާ ލިބުނުހެނެވެ. ދުނިޔެ މުށުތެރޭ ލެވުނުހެނެވެ. އަލީޒާއަށްވެސް ވީ އެވަރެވެ. ދެކުދިން އުފާކުރަމުން ސަކަރާތް ޖަހަމުން ގޮސް އެ ވެލްވެޓް އެނދަށް ވެއްޓިގަތެވެ.
" ބޭބީއަކު ލިބެން އުޅޭކަން އެގުނީމަ އެންމެންމިވަރު ވާނެތަ؟ " އަލީޒާ ނޭވާ ހަމަޔަކަށް އަޅުވަމުން ބަންޑުން ވެލިއެވެ. ދަތްދޮޅީގައި އަތް ވިއްދާލައިގެން ދާނިޝްގެ މޫނަށް ބަލަހައްޓައިގެން އޮތްއިރު އެ ދޮންމޫނުވަނީ އުފަލުން ފޮޅިފައެވެ.
" އެހެންމީހުން ގެ ގޮތެއް ނޭގެޔޭ ސްވީޓްހާރޓް. ޔަގީނުންވެސް މިއީ އަހަރެމެނަށް ލިބުނު އެންމެ ބިއުޓިފުލް ސަޕްރައިޒް އެވަރ. ފެމިލީ ކޮމްޕްލީޓް ވާނީ ތުއްތު ދަރިފުޅަކު ލިބުނީމަ. މިހާރު ދުނިޔޭގެ ހުރިހާ އުފާތައް ފުރިހަމަ މިވީ. ތޭންކް ގޯޑް......." ދާނިޝް އަލީޒާ އަތުގެ ތެރެއަށް ގެނައެވެ. ދެ ހިތުގެ އުފާވެރި ޝުއޫރާއި ޖަޒުބާތްތައް ފުރިގެން ބަންޑުންވަމުން ދިޔައިރު ދެން ޔަގީނުންވެސް އިންތިޒާރުކުރެވެމުން ދިޔައީ އެ ރީތި ދުވަހަށެވެ. ކެތްތެރިކަމެއްނެތިއެވެ. އެ އާއިލާއަށް ތުއްތު މެމްބަރަކު އިތުރުވާނެ ދުވަހަކަށެވެ.
އަލީޒާގެ އެދުމުގެ މަތިން " ރޯޒްކޮޓެޖް" އަށް ގޭގެ ނަން ބަދަލުކުރަންވެސް ދާނިޝް ނިންމިއެވެ. ހަގީގަތުގައިވެސް ގޭގެ ވަށައިގެންވަނީ ފިނިފެންމަލުގެ ބަގީޗާއަކަށް ވާތީއެވެ. އެ ރީތި ހިތްފަސޭހަ ގޭގައި ލޯބިވާ ދެމަފިރިން އުޅެމުން ދަނީ ހުވަފެނީ ދިރިއުޅުމެކެވެ. މަލުގެ ދާނެއްގައެވެ. މުޅި އުމުރަށްވެސް އެކީގައެވެ. ހިފެހެއްޓުމެއްނެތް ލޯތްބާއި ވަފާތެރިކަމުގެ ފުރިހަމަ މިސާލަކަށް ވެގެންނެވެ. ލޯބިވެރިންގެ އެންމެ ކުރީ ސަފުގައި ދާނިޝް އަލީޒާގެ ނަން ލިޔަމުންނެވެ. ދާނިޝް އަލީޒާ ފޯ އެޓަރނިޓީ♥

ނިމުނީ

infinity loading...
×
DB released 01.