ޕާޓީ ނިޒާމާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދެއްކެވީ ރައީސް މައުމޫން: ރައީސް ނަޝީދު

ތޮއްޑޫން: މަރިޔަމް ރާނިޔާ

ސިޔާސީ ނިޒާމެއްގެ ތެރޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އެއީ ރާއްޖޭގައި ވެރިކަން ހިންގުމަށް އެއްގޮތަކަށް ވެސް ކަމުދާ ނިޒާމެއް ނޫން ކަމުގައި ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވުރެ ބޮޑަށް ވަކާލާތުކުރެއްވި ބޭފުޅަކު ނުހުންނަަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭ ތޮއްޑޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުގައި 1989 ވަނަ އަހަރު ނޫ ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވަމުން ގެންދެވި އިރު ސިޔާސީ ޕާޓީއަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އެބޭފުޅުން ވިދާޅުވަމުން ގެންދެވި އެވެ. އަދި އެއީ ހަޤީގަތުގައި ވެސް އުފައްދައިގެންވާނެ އެއްޗެއް ނޫންކަން އެބޭފުޅުންގެ ނަޒަރުން ވިސްނީމާ މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ފޮތް ފޮތުގަ އާއި ރައްޔިތުންގެ މަޖިލީހުގަ އާއި މަޖުމޫނުތަކުގަ އާއި ޖަލްސާތަކުގައި އަދި ދޭދޭ މީހުންނާއި ރަހުމަތްތެރިންނާއި ސްކޫލް ދަރިވަރުންނާއި ވާހަކަ ދައްކަވާއިރު ވެސް ސިޔާސީ ނިޒާމެއްގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒަމަކީ ކަމުދާ އެއްޗެއް ނޫން ކަމުގައި ވިދާޅުވަމުން ގެންދެވި. ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ވެއްޓުނީ ސިޔާސީ ޕާޓީއާ ހުރެ. މިހާރު އެހެންވީމާ އެ ބޭފުޅާގެ މަސައްކަތެއްގެ ގޮތުގައި ހަމަގައިމު ވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެ ޕާޓީގެ ނިޒާމް ރޫޅާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތަން. ތިމަންނާ އަތުން މިވެރިކަން ގެއްލުނީ ސިޔާސީ ޕާޓީގެ ނިޒާމް އައިސްގެންނޭ، ތިމަންނާއަށް އަލުން އަނބުރާ ނިކުނެވެން އޮތީ ތިމަންނާއީ ހަމައެކަނި މީހާއަށްވީމައޭ،" ރައީސުލްޖުމްހޫރިއްޔާ ރައީސް މައުމޫން އަށް ނިސްބަތްކުރައްވާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ވިދާޅުވީ އެކެއް އަނެކެއްގެ ކިބައިގެން ހިތްވަރު ހޯދައިގެން، އެންމެން އެކުގައި ޖަމާއަތެއްގެ ގޮތުގައި ނުކުމެ ކުރާ ކަންތައްތަކުން ނޫން ގޮތަކަށް ބޯދާގޮތްތަކުން އައަރައިގަނެވޭކަށް ނެތް ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދާހާ ހިނދަކު ރާއްޖޭގެ ސިޔާސީ މަޝްރަހު އަބަދު ވެސް އޮންނާނީ ކިލަނބުކޮށް ކަމަށެވެ. އަދި އަޅުގަނޑުމެން މިއެދޭ ބަދަލު ރާއްޖެ އަށް ގެނައުމަށްޓަކައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވެގެން އެދަނީ މީގެއެތައް އަހަރެއްގެ ފަހުން ދިވެހި ތާރީހީ ލިޔުންތެރިން ލިޔާނެ ބޮޑު ބަދަލެއް ގެނެސްދިން ބަދަލަކަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ޑީއާރުޕީ އަށް ހަމަވިސްނުމަށް އާދެވޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް އަދި ވިދާޅުވީ ޑީއާރުޕީއަށް ހަމަހެއަށް އާދެވިގެން ނޫނީ އަޅުގަނޑުމެންގެ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ގާއިމު ނުކުރެވޭނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އެމްޑީޕީގެ އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ޒުވާނުންނަށް ވެރިކަމުގެ އުއްމީދު ހޯދައިދިނުމާއި ރާއްޖޭގައި ސިޔާސީ ވެރިންނާއި ބަތަލުން އުފެއްދުމާއި އަންނަން އޮތް ޖީލްތަކަށް ރަނގަޅު ލީޑާ ޝިޕެއް ދައްކައިދިނުން ކަމުގައި ވިދާޅުވި އެވެ.

"ސިޔާސީ ނިޒާމު އަޅުގަނޑުމެން ފުރިހަމަ ކުރަމުން އަންނަކަން ވަރަށް ސާފުކޮށް ފެންނަމުން މިދަނީ، އެގޮތުން ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ދިވެހި ވެރިކަން ހިތުއަޅައި އެވެރިކަމާ ދިމާލަށް މިސްރާބު ޖަހާނެ އިންތިޖާމެއް އަޅުގަނޑުމެން ފޯރުކޮށްދިނިން، ޑީއާރުޕީގެ ތެރޭގައި އެއިންތިޒާމް ނެތުނީ، އެހެންވީމާ ފެތެމުންދާ އޮޑިއެއްގައި ގިނަ ބަޔަކު ހެޔޮ ދަތުރެއް އޮތް ކަމަށް ލިބިދާނެ ކަމަކަށެއް ނުތިބޭނެ." ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު