ދަރަނބޫދޫ ކައުންސިލްގެ ރައީސަކަށް ހުންނެވި އަމިއްލަ މެމްބަރު އެމްޑީޕީއަށް ސޮއިކޮށް، ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ހޯދައިދީފި

ފ. ދަރަނބޫދޫ ރަށު ކައުންސިލްގެ ރައީސް މަހްމޫދު ރަޝީދު އެމްޑީޕީއަށް ސޮއިރައްވައި، އެ ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ހޯދައިދީފި އެވެ.

އޭނާއަކީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެކެވެ.

އެމްޑީޕީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ދަރަނބޫދޫ ކައުންސިލްގެ ރައީސް އެމްޑީޕއަށް ސޮއިކުރެއްވީ މިއަދު ހަވީރު އެމްޑީޕީ ސެކްރެޓޭރިއަޓްގަ އެވެ.

އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ރަށާއި ގައުމަށް އެންމެ ފުޅާ ދާއިރާއެއްގައި އެކަށީގެންވާ ހިދުމަތެއް ކުރެވޭނީ ވެރިކަންކުރާ ޕާޓީއާ ގުޅިވަޑައިގެން ކަމަށް ގަބޫލުކުރައްވާތީ ކަމަށް އެނާ ވިދާޅުވި ކަމަށް، އެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

"އޭނާ އަކީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކައުންސިލަށް ހޮވިވަޑައިގެންނެވި ނަމަވެސް އަބަދުވެސް އެމްޑީޕީގެ ފިކުރަށް ތާއީދުކުރައްވާ ބޭފުޅެއް" ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

މަހްމޫދު އެމްޑީޕީއަށް ސޮއިކުރުމުން ދަރަނބޫދޫ ރަށު ކައުންސިލްގައި ތިއްބަވާނީ އެމްޑީޕގެ ތިން މެންބަރުންނާއި، އިދިކޮޅު ޑީއާރުޕީގެ ދެ މެންބަރުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު