ބަރަހަނާ މަންޒަރު ހުރި ދެ ވެބްސައިޓެއް ރަޝިއާގައި ކޯޓުން އަމުރުކޮށްގެން ބްލޮކު ކޮށްފި

ރަޝިއާގެ ކޯޓަކުން ކުރި ދެ އަމުރަކާ ގުޅިގެން، އެގައުމުގެ މީޑިއާގެ ބެލެނިވެރި ފަރާތް "ރޮސްކޮމްނަދްޒަރ"އިން ވަނީ، ބަރަހަނާ ކޮންޓެންޓު އެކުލެވޭ ދެ ވެބްސައިޓެއް ބްލޮކު ކޮށްފައި --

ބަރަހަނާ މަންޒަރުތަކާއި އެފަދަ ކޮންޓެންޓު ހިމެނޭ ދެ ވެބްސައިޓެއް، ރަޝިއާގެ ކޯޓަކުން ކުރި އަމުރަކާ ގުޅިގެން އެގައުމުގައި ބްލޮކު ކޮށްފިއެވެ.

ރަޝިއާގެ ކޯޓަކުން ކުރި ދެ އަމުރަކާ ގުޅިގެން، އެގައުމުގެ މީޑިއާގެ ބެލެނިވެރި ފަރާތް "ރޮސްކޮމްނަދްޒަރ"އިން ވަނީ، ބަރަހަނާ ކޮންޓެންޓު އެކުލެވޭ ދެ ވެބްސައިޓެއް ބްލޮކު ކޮށްފައެވެ. ރޮސްކޮމްނަދްޒަރއިން ވެބްސައިޓުތައް ބްލޮކު ކުރީ، އެގައުމުގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް މުހުލަތެއް ވެސް ދިނުމަށްފަހު އެވެ.

މިދިޔަ އަހަރު ރަޝިއާގެ ސަރުކާރުން ވަނީ، ސިއްހަތަށް ނުރައްކާވާ ފަދަ މައުލޫމާތުން ކުޑަކުދިން ރައްކާތެރި ކުރުމަށް ކަމަށް ބުނެ އެފަދަ 11 ވެބްސައިޓަކަށް ރަޝިއާއިން ނުވަދެވޭ ގޮތް ހަދައިފައެވެ.

ބަރަހަނާ ކޮންޓެންޓާއި ޖިންސީ ކަންކަމަށް ހިތްވަރުދޭ ކޮންޓެންޓު މީޑިއާ މެދުވެރިކޮށް ފެތުރުމަކީ ރަޝިއާގައި މަނާ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެފަދަ ތަކެތި ގާނޫނާ ޚިލާފަށް އުފައްދައި، ބަހައި އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.

ރަޝިއާގެ މީޑިއާގެ ބެލެނިވެރި ފަރާތް ކަމުގައިވާ ރޮސްކޮމްނަދްޒަރއިން އެކިއެކި ވެބްސައިޓުތައް ހިމެނޭ "ބްލެކްލިސްޓް"އެއް ބަލަހައްޓައެވެ. އެ ލިސްޓުގައި ހިމެނެނީ ކުޑަކުދިންގެ ރައްކާތެރިކަން ގެއްލޭ، އަދި އެހެނިހެން ގާނޫނުތަކާ ޚިލާފު ވެބްސައިޓުތަކެކެވެ. މީގެ އިތުރުން އެގައުމުގެ ސަރުކާރަކާއި ގާނޫނު ހަދާ މަޖިލީހަށް ފާޑު ކިޔާ ވެބްސައިޓުތައް ވެސް މި ބްލެކްލިސްޓުގައި ހިމަނާ އިރު، އެފަދަ ވެބްސައިޓުތައް ވަރަށް ގިނައިން އެގައުމުގައި ބްލޮކު ކުރެއެވެ.

comment ކޮމެންޓް