އެމްޑީޕީގެ ދެ ގޮނޑި ގެއްލޭނެ ކަމަށް ބުނީ އެކަމަށް އުއްމީދު ކުރާތީ: އުމަރު ނަސީރު

ޑީއާރުޕީގެ ޖަލްސާއެއްގައި އެ ޕާޓީން ވަކިކޮށްފައިވާ އުމަރު ނަސީރު ސުޕްރީމް ކޯޓާ ބެހޭ ގޮތުން ދެއްކެވި ވާހަކައާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ނޫސްބަޔާނާ ގުޅިގެން އުމަރު ވެސް ނޫސްބަޔާނެއް ނެރެފި އެވެ. އުމަރުގެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ދެ ގޮނޑި ދާދި އަވަހަށް ހުސްވާނެ ކަމަށް އޭނާ ވިދާޅުވީ އެކަމަށް އުއްމީދުކުރައްވާތީ ކަމަށެވެ.

މުސްތަފާގެ މައްސަލައިގެ ހުކުމް ލިޔެނިމިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ އެމްޑީޕީން ފަތުރަމުން ގެންދާ ވާހަކަތަކެއް ކަމަށް އުމަރު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. ޑީއާރުޕީން ވަކިކޮށްފައިވީ ނަމަވެސް ޑީއާރުޕީގެ ލެޓަހެޑްގައި ޑީއާރުޕީގެ ނައިބު ލީޑަރުގެ ނަމުގައި ސޮއިކޮށް އުމަރު އާއްމު ކުރި ބަޔާނުގައިވެ އެވެ.

"ޑީއާރުޕީގެ ފަރާތުން 2011 މެއި 27 ވީ ހުކުރު ދުވަހުގެ ރޭ ހެދިގޮނޑުދޮށުގައި ބޭއްވުނު ޒެޑް-ޑީއާރުޕީގެ އާއްމު ބައްދަލުވުމެއްގައި އަޅުގަނޑު ވާހަކަ ދައްކަމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ދެ ގޮނޑި ދާދި އަވަހަށް ހުސްވާނެ ކަމަށް އަޅުގަނޑު ދަންނަވާފައި އެ ވަނީ އެކަމުގައި އަޅުގަނޑު އުއްމީދު ކުރާ އަދި އަޅުގަނޑު ލަފާކުރާ ގޮތެވެ."

އުމަރު މިހެން ވިދާޅުވިޔަސް ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ އެމްޑީޕީގެ ދެ ގޮނޑި ގެއްލޭނެކަން ޔަގީންވާ ކަމަށެވެ. އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތޮފާއާ ބެހޭ ގޮތުން އުމަރު ނަސީރު ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ނިމޭނީ ތިމަރަފުށީ ދާއިރާގެ ގޮނޑި ގެއްލޭ ގޮތަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އުމަރު ނަސީރުގެ ބަޔާނުގައި ވަނީ އޭނާ ދެއްކެވި ވާހަކަފުޅާ ގުޅިގެން އަދުލު އިންސާފު ހިންގުމުގެ ނިޒާމަށް އެއްވެސް ބަދުނާމެއް ރައްދުވާ ނަމަ އެކަމާ އޭނާ ނުހަނު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު