ޕީއެޗްޑީ ހެދުމަށް ގައުމީ ޔުނިވާސިޓީން އަށް ފުރުސަތެއް ހުޅުވާލައިފި

ގައުމީ ޔުނިވާސިޓީގައި ބޭއްވި ފޯވައްސެއްގެ ތެރެއިން --- ފޮޓޯ/ ގައުމީ ޔުނިވާސިޓީ

ތައުލީމީ ދާއިރާ އާއި އާޓްސް ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދެ ފަކަލްޓީ އަކުން ހުޅުވާލައިފިއެވެ.

ގައުމީ ޔުނިވާސިޓީން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފެކަލްޓީ އޮފް އާޓްސް އިން ދެ ޖާގައާއި ފެކަލްޓީ އޮފް އެޑިއުކޭޝަނުން ހަ ޖާގައެވެ. އެ ފުރުސަތައް ހުޅުވާލާފައިވަނީ އަންނަ އޮކްޓޯބަރު 27 ވަނަ ދުވަހާ ހަމައަށެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން އިން ޕީއެޗްޑީއަށް ކިޔެވުމަށް ހަ ޖާގަ ހުޅުވާލާފައިވަނީ މައިގަނޑު ހަތް ދާއިރާ އަކުންނެވެ. އެ ދާއިރާތަކަކީ

  • އެޑިޔުކޭޝަނަލް ޕްލޭނިންގ
  • އެޑިޔުކޭޝަނަލް ލީޑަރޝިޕް
  • އެޑިޔުކޭޝަނަލް ޕޮލިސީ
  • އިންސްޓްރަކްޝަނަލް ޑިޒައިން
  • ކަރިކިއުލަމް ޑިޒައިން
  • ޕެޑަގޮޖީ
  • އީ- ލާރނިންގ

ފެކަލްޓީ އޮފް އާޓްސް އިން ޕީއެޗްޑީއަށް ކިޔެވުމަށް ދެ ޖާގަ ހުޅުވާލާފައިވަނީ މައިގަނޑު އަށް ދާއިރާ އަކުންނެވެ. އެ ދާއިރާތަކަކީ

  • މާދަރީ ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ތަރައްޤީވާގޮތް
  • ދެވަނަބަހެއް ދަސްކުރުމާއި ތަރައްޤީވުން
  • ދެބަސް ނުވަތަ ގިނަ ބަސް ބޭނުންކުރާ މުޖުތަމަޢެއްގައި ބަސްބޭނުންކުރާގޮތް (ބައިލިންގުއަލިޒަމް)
  • ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުން
  • ބަހުގެ ފެންވަރުބެލުން
  • ލިޔުންތެރިކަން އެނަލައިޒްކުރުން
  • ވާހަކަދެއްކުން އެނަލައިޒްކުރުން
  • މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުން

ޔުނިވާސިޓީން ފުރުސަތު ހުޅުވާލި ޕީއެޗްޑީގެ މުއްދަތަކީ ތިން އަހަރެވެ. އަދި ކޯހަށް ވަނުމުގެ އާއްމު ޝަރުތެއް ކަމަށް ކަނޑައަޅާފައިވަނީ އެމްކިޔުއޭ ލެވެލް ހަތެއްގެ ސަނަދަކާއެކު ލެވެލް ނުވައެއްގެ ސަނަދެއް ލިބިފައިވުން ނުވަތަ އެ ފެންވަރު ހުރުމެވެ.

ނަމަވެސް ކޯހުގެ އަގެއް ޔުނިވާސިޓީން އަދި ހާމަކޮށްފަ އެއް ނުވެއެވެ.

comment ކޮމެންޓް