މީޑިއާނެޓުގެ "ޔޫރޯ ޕްރިޑިކްޓް އެންޑް ވިން 2016"ގެ ނަސީބުވެރިންނަށް އިނާމް ހަވާލުކޮށްފި

މީޑިއާނެޓުގެ "ޔޫރޯ ޕްރިޑިކްޓް އެންޑް ވިން 2016" ޕްރޮމޯޝަންގެ އެއްވަނަ އަށް ހޮވުުނު ފަރާތަށް އިނާމު ހަވާލުކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފްރާންސްގައި ކުރިއަށް ދިޔަ ޔޫރޯ ޗެމްޕިއަންޝީޕް 2016އާ ދިމާކޮށް މީޑިއާނެޓުން ކުރިއަށްދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.

ޔޫރޯ 2016ގައި ކުޅުނު މެޗެއްގެ ފައިނަލް ސްކޯ ދިމާކޮށްގެން ބައިވެރިވެވޭ ގޮތަށް "ޕްރިޑިކްޓް އެންޑް ވިން 2016" ގެ ނަމުގައި ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާފައިވަނީ އިއްޔެ މާބުލް ހޮޓެލްގައި ބޭއްވި ހަފްލާއެއްގަ އެވެ.

ޕްރޮމޯޝަން އަށް ހޮވުނު މީހުންގެ މެދުގައި ނެގި ގުރުއަތުން އެއްވަނަ އަށްދާ ނަސީބުވެރިއަކަށް އެސްޓީއޯ ހޯމް އިމްޕުރޫވްމަންޓްސް އިން ހުށަހަޅާފައިވާ ހިޓާޗީ ބްރޭންޑުގެ 65 އިންޗީގެ އެލްއީޑީ ޓީވީ އަދި ސެމްސަން ބްރޭންޑުގެ ހޯމް ތިއޭޓާ ސިސްޓަމްގެ ނަސީބުވެރިއަކަށް ހޮވުނީ، ހައިޝަމް މުހައްމަދެވެ.

މީޑިއާނެޓުގެ "ޔޫރޯ ޕްރިޑިކްޓް އެންޑް ވިން 2016" ޕްރޮމޯޝަންގެ ދެވަނަ އަށް ހޮވުުނު ފަރާތަށް އިނާމު ހަވާލުކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮމޯޝަންގެ ދެވަނަ އަށް ހޮވުނީ، ޝިއުމާޒް އަބްދުލް ސަމަދެވެ. އޭނާއަށް ލިބިފައިވަނީ ދެ ވަނަ އަށްދާ ފަރާތަކަށް މުނި ހޯމްކެއާ އިން ހުށަހަޅާފައިވާ ބެޑްރޫމް ސެޓެކެވެ. އަދި ތިން ވަނަ އަށް ދިޔަ ފަރާތަކަށް މެކްސްކޮމް އިން ހުށަހަޅާފައިވާ ޑެލް ވެސްޓްރޯ ލެޕްޓޮޕްގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހައްވާ ޒިމްނާ އެވެ.

މީޑިއާނެޓުގެ "ޔޫރޯ ޕްރިޑިކްޓް އެންޑް ވިން 2016" ޕްރޮމޯޝަންގެ ތިން ވަނަ އަށް ހޮވުުނު ފަރާތަށް އިނާމު ހަވާލުކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫރޯ 2016 ގެ މެޗެއްގެ ނަތީޖާ ދިމާކޮށްގެން އިނާމު ލިބޭގޮތަށް މީޑިއާ ނެޓުން ގެންދިޔަ ޕްރޮމޯޝަންގެ އިތުރުން އެ ކުންފުނިން ވަނީ، ޕްރޮމޯޝަން ކުރިއަށްދިޔަ ތާރީހުގައި މީޑިއާނެޓްގެ ސޭލްސް ސެންޓަރަށް ވަޑައިގެން ހިދުމަތެއް ހޯއްދަވާފައިވާ ފަރާތްތަކުގެ މެދުގައި ވެސް ހާއްސަ ގުރުއަތުލުމެއް ބާއްވާފަ އެވެ.

އެ ގުރުއަތުލުމުގެ ނަސީބުވެރިން ވެސް އިއްޔެ ހޮވާފައިވާއިރު، ކޮންމެ ނަސީބުވެރިއަކަށް ޝެލް ބީންސް އިން ކޮންމެ ވެސް ދެ މީހަކަށް ރޭގަނޑުގެ ކެއުން ލިބޭ ގޮތަށް 200 ރުފިޔާގެ ވައުޗަރެއް ވަނީ ދީފަ އެވެ. އެ ގުރުއަތުލުމުން އަށް ނަސީބުވެރިއަކު ވަނީ ހޮވާފަ އެވެ.

comment ކޮމެންޓް