ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ޑީއާރުޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ މެންބަރު އަލީ މުހައްމަދު [އަލިބެ] ޑީއާރުޕީން ވަކިވެވަޑައިގެންފި އެވެ.

ޑީއާރުޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހް މިއަދު ވިދާޅުވީ އަލިބެ ޕާޓީން ވަކިވެވަޑައިގެންނެވި ކަން ރަސްމީކޮށް މިއަދު 4 ޖެހިއިރު ޑީއާރުޕީ އޮފީހަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އަދި އެސިޓީގައި ޑީއާރުޕީގައި ޕާޓީން ކެނޑިވަޑައިގަންނަވަނީ ޕާޓީގައި އުޅެން ބޭނުންނުވާތީ ކަމަށް އަލިބެ ވިދާޅުވެފައިވާ ކަމަށް ވެސް ސޯލިހް ވިދާޅުވި އެވެ.

އަލިބެ ޑީއާރުޕީން ވަކިވެވަޑައިގަތީ ކީއްވެތޯ ސާފުކުރުމަށް ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ. ނަމަވެސް އޭނާގެ އާއިލާގެ މެންބަރަކު ވިދާޅުވީ އޭނާ އެކުރެއްވީ "ވަރަށް ހަޔާތްކުޑަ އަމަލެއް" ކަމަށާއި އެއީ އެ ދާއިރާގެ ރައްޔިތުންގެ މޫނުމަތީގައި އޭނާ ކޮޅުފައިން ޖެއްސެވުން ފަދަ އަމަލެއް ކަމަށެވެ.

ޑީއާރުޕީން އަލިބެ ވަކިވެވަޑައިގެންފައި މިވަނީ އެ ޕާޓީގެ ޑިޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދު ﷲ އަބްދުއްރަހީމް (ކަޅޭ) ޑީއާރްޕީން ވަކިވެ ވަޑައިގެންނެވުމަށް ފަހު ދާދި މިދާކަށް ދުވަހު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ދަނޑިވަޅެއްގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު