މެސީއާ ބައްދަލުކުރަން އޭނާގެ ފޭނުުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ!

ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ -- ފޮޓޯ: ޔާހޫ

މަޝްހޫރު ވުމަކީ، ވަކިރޮނގަކުން ފާހަގަވެ ގިނަބަޔަކަށް އެނގިފައިވުމެވެ. އެފަދަ މަޝްހޫރު ކަމެއް ނިސްބަތްވަނީ ވަކި ފަރުދަކަށް ނަމަ، އެމީހަކު ދެކެ އިންތިހާއަށް ލޯބިވާ ނުވަތަ އެމީހަކަށް ތާއީދުކުރާ 'ފޭނުން' ނުވަތަ 'ސަޕޯޓަރުން' ހާހުން ގުނާލެވެއެވެ. އެމީހުންގެ "ހީރޯ"އާ ބައްދަލުކުރުމަށް، ނުވަތަ ހަމަލޮލުން ދެކިލުމަށްޓަކައި މި ބުނެވުނުފަދަ ބައެއް ފޭނުން ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ބައެއް ފަހަރު ފަހެއް ނުޖެހެއެވެ.

ކޮޕާއެމެރިކާ ސެމީފައިނަލް މެޗު ކުޅެމުން ދިޔަ ވަގުތު މެސީގެ ފޭނަކު އޭނާއާ ސަލާމްކުރުމަށް ދަނޑަށް އެރުމުން މެސީ ވަނީ އޭނާއާ ސަލާމްކޮށް އޭނާގެ ޓީޝާޓުގައި ސޮއިކޮށްދީފައި -- ފޮޓޯ: ޔޫއެސްއޭ ޓްޑޭ

ތިމާގެ ހީރޯއާ މީހަކަށް ދެރަ ބަހެއް ނުވަތަ ސަމާސާއަކަށް ނަމަވެސް އެފަދަ "އިހާނެތި ބަހެއް" ބުނެވިއްޖެ ނަމަވެސް އެމީހަކު އަވަދިކޮށްލާންވެސް ފަސް ނުޖެހޭނެއެވެ. ސަޕޯޓަރުންނަކީ އެފަދަ ބައެކެވެ.

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީއަކީ ވެސް އެތަކެއް ހާސް ބައެއްގެ "ހީރޯ"އެކެވެ. އެގޮތުން އާޖެންޓީނާ ނުވަތަ ބާސެލޯނާއަށް ސަޕޯޓް ނުކުރާ، އެހެން ނަމަވެސް މެސީއަށް ސަޕޯޓްކުރާ ފަރާތްތަކުން މެސީ ފުޓްބޯޅަ ކުޅޭ މަންޒަރު ބަލައިލުމަށްޓަކައި އެ ދެޓީމުގެ މެޗުތައް ބަލައިހަދައެވެ.

ކޮޕާއެމެރިކާ ސެމީފައިނަލް މެޗު ކުޅެމުން ދިޔަ ވަގުތު މެސީގެ ފޭނަކު އޭނާއާ ސަލާމްކުރުމަށް ދަނޑަށް އެރުމުން މެސީ ވަނީ އޭނާއާ ސަލާމްކޮށް އޭނާގެ ޓީޝާޓުގައި ސޮއިކޮށްދީފައި -- ފޮޓޯ: ޔޫއެސްއޭ ޓްޑޭ

މެސީއަކީ އަބަދުވެސް އޭނާގެ ސަޕޯޓަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ކުޅުންތެރިއެކެވެ. މެޗުނިމިގެން ދަނޑުން ފައިބާއިރު އޭނާއާ ސަލާމްކުރަން އަތްދިއްކުރާ ގިނަ ބަޔަކާ ސަލާމްކޮށްލެވޭތޯ ބަލައެވެ. އެނޫންނަމަ އަތުގެ އިޝާރާތުންނަމަވެސް ސަލާމްކުރެއެވެ. ފޭނުންނާއެކު ސެލްފީއަށް ހުއްޓިލައިގެން ހުންނަ މަންޒަރުވެސް މިހާރަކަށް އައިސް ފެންނަމުންދާލެއް މަދެއް ނޫނެވެ. އަދި ބައެއް ފަހަރު ގަވައިދާ ޚިލާފަށް ދަނޑުމައްޗަށް އަރާ ސަޕޯޓަރުންނާ އެކު ވެސް ސަލާމްކޮށް ފޮޓޯނަގައި ހަދައެވެ. އެހެން ނަމަވެސް މެސީއާ ބައްދާލައި ސަލާމްގަލާމްކޮށް ނުވަތަ ސެލްފީ ނެގުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހައިން ލިބޭނޭ ފުރުސަތެއް ނޫނެވެ.

ކޮޕާއެމެރިކާ ސެމީފައިނަލް މެޗު ކުޅެމުން ދިޔަ ވަގުތު މެސީގެ ފޭނަކު އޭނާއާ ސަލާމްކުރުމަށް ދަނޑަށް އެރުމުން މެސީ ވަނީ އޭނާއާ ސަލާމްކޮށް އޭނާގެ ޓީޝާޓުގައި ސޮއިކޮށްދީފައި -- ފޮޓޯ: ޔޫއެސްއޭ ޓްޑޭ

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަ، އަޔަލެންޑްގެ ވެރިރަށް ޑުބްލިންގައި ބާސެލޯނާއާ ސެލްޓީކް ކުޅުނު އެކުވެރިކަމުގެ މެޗަކަށް ފަހު، މެސީ ދަނޑުން ފައިބައިގެން ޓަނެލްތެރެއަށް ވަންނަން ދަނިކޮށް އޭނާގެ ފޭނަކު ވަނީ، މެސީއާ ބައްދަލުކުރުމަށްޓަކައި ސިޑިބަރިމަތިން ޓަނަލްތެރެއަށް ފުންމާލައިފައެވެ. އެހެން ނަމަވެސް އޭނާގެ ނަސީބު ދެރަކަމުން މެސީއާ ގާތްގަނޑަކަށް ފޫޓެއްހާ ކައިރިއަށެވެ. އެހާ މަތިން ފުންމާލުމުން އަތެއް ފައެއް ބިނދުނީކީ ނޫނެވެ. މިފަހަރު އޭނާގެ ހުރަހަކަށްވީ މެސީގެ ހުޝިޔާރު ބޮޑީގާޑެކެވެ.

މެސީއާ ބައްދަލުކުރުމަށް މީހަކު ދަނޑުގެ ފެންސްމަތިން ޓަނަލްތެރެއަށް ފުންމާލަނީ --

ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯއަކުން ފެންނަގޮތުން، އެހެން ކުޅުންތެރީންނާއެކު މެސީ ދަނޑުން ފައިބައިގެންދާ ވަގުތު ކުއްލިއަކަށް ސަޕޯޓަރަކު ޓަނަލްތެރެއަށް ފުންމާލައެވެ. އަދި ބިންމަތީގައި ފައިޖެހުމާއެކު މެސީއާ ދިމާއަށް ދެއަތްދިއްކޮށްގެން ދުއްވައިގަނެއެވެ. އޭނާގެ އަތް މެސީގެ އަތުގައި ކިރިޔަކިރިޔާ ޖެހިލިތަނާހެން، ރަގްބީ ކުޅުންތެރިއަކު ބޯޅަ ހޯދަން އަންނަ އުސޫލުން ކުއްލިއަކަށް މީހަކުއައިސް އެމީހާ ޖަހައިގަނެގެން ޓަނަލްތެރެއަށް ވަދެގެންދެއެވެ. އެއީ މެސީގެ ހުޝިޔާރު ބޮޑީގާޑެކެވެ.

މެސީއާ ބައްދަލުކުރުމަށް ޓަނަލްތެރެއަށް ފުންމާލި މީހާ ނަގައިގަނެގެން މެސީގެ ބޮޑީގާޑޫން ގެންދަނީ --

ކުއްލިއަކަށް މީހަކު އެގޮތަށް އައިސް ކުރިމައްޗަށް ޖެހިގަތުމުން އެއީ ނުރައްކަލެއް ކަމަށް ހީވެ ބައެއް ފަހަރު މީހުން ވަރަށް ބޮޑަށް ހާސްވާ މަންޒަރު ފެނެއެވެ. އެހެން ނަމަވެސް މިހާރު ބޮލުގައި ހުދުކުލަ ޖައްސާފައި ހުރި މެސީގެ މޫނުމަތިން އެވަގުތު ފެނުނީ ހިނިތުންވުމެކެވެ. އަދި އެމީހާއާ ސަލާމްކޮށްލުމަށް މެސީ އަތްދިއްކޮލައެވެ. މެސީ އޭނާގެ ހަޝިފާރަވެރީންގެ ހުޝިޔާރުކަމާ މެދު ޝައްކެއް ނުކުރެއެވެ.

ނިމިދިޔަ ޖުލައިމަހުގެ މެދެއްހާ ހިސާބުގައިވެސް ހަމަ މިފަދަ ހާދިސާއެއް ހިނގިއެވެ. އެކަމަކު މިފަހަރު ދަނޑުމަތީގައެއް ނޫނެވެ. ކަނޑުމަތީގައެވެ. މެސީ މިފަހަރު އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް ދިޔައީ ސްޕެއިންގެ ވެލެންސިއާގެ އައްސޭރިފަށާ 150 ކިލޯމީޓަރު ދުރުން މެޑިޓަރޭނިއަން ކަނޑުތެރޭގައި އޮން ޖަޒީރާ، އިބިޒާއަށެވެ. މެސީ އެނާގެ ޔޮޓްގައި ހުއްޓައި ކުއްލި ހައިރާންކަމެއް ލިބުނީ، މީހަކު އެއް ކިލޯމީޓަރުގެ ރާސްތާއަކަށް ފަތާފައި އޭނާ ދެކިލުމަށް އައިސް އެ ޔޮޓްގެ ކައިރީ ކަނޑުތެރޭ އޮއްވައި ފެނުމުންނެވެ.

މެސީ އޭނާގެ ޔޮޓްގައި ހުއްޓައި އޭނާގެ ފޭނަކު ވަނީ އެއް ކިލޯ މީޓަރު ދުރަށް ފަތާފައިގޮސް އޭނާއާ ބައްދަލުކޮށްފައި --

މިފަހަރު ކަންތައްވީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. ފެންސްމަތިން ޓަނަލްތެރެއަަށް ފުންމާލި މީހާއަށް ދިމާވިގޮތަކަށް ނޫނެވެ. އެއް ކިލޯމީޓަރު ދުރުން ފަތާފައި މެސީ ދެކިލުމަށް އައި އެ ޒުވާނާ ޔޮޓަށް އެރުމަށް މެސީ ދައުވަތު ދިނެވެ. އަދި އެމީހާ ޔޮޓަށް އެރުވުމަށްފަހު އޭނާއަށް ޖޫސްތައްޓެއް ދިނެވެ. އަދި އެމީހާއާއެކު ފޮޓޯނަގައި މަޖާކޮށް ވާހަކަދައްކައި ހެދުމަށް ވިއްސަކަށް މިނިޓް ހޭދަކުރިކަމަށް ވެއެވެ.

މެސީ އޭނާގެ ޔޮޓްގައި ހުއްޓައި އޭނާގެ ފޭނަކު ވަނީ އެއް ކިލޯ މީޓަރު ދުރަށް ފަތާފައިގޮސް އޭނާއާ ބައްދަލުކޮށްފައި --

މިއީ ކޮންމެކޮންމެ ފޭނަކަށް ލިބޭފަދަ ނަސީބެއް ނޫނެވެ. ތިމާގެ ހީރޯއާ ބައްދަލުކުރުމަށް ކުރާ މަސައްކަތުގައި ބައެއް ފޭނުންނަށް ހިތްދަތި ތަޖްރިބާތަކާ ވެސް ކުރިމަތިލާން ޖެހެއެވެ. އަނެއްބައިފަހަރު އުފާވެރިކަމާއެކު ކަންތައް ނިމިދެއެވެ.

comment ކޮމެންޓް