ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ފަގީރުކޮށްގެން ޑޮލަރު ހޯދަން އުޅޭ މިންވަރު ދަށްކުރުން: ޑީއާރުޕީ

ސަރުކާރުގެ މާލީ ސިޔާސަތުތައް އަމާޒުކޮށްފައި ވަނީ ރައްޔިތުން ފަގީރުކޮށްގެން ޑޮލަރު ހޯދާ މިންވަރު ދަށްކުރުމަށް ކަމަށް ޑީއާރުޕީން މިއަދު ބުނެފި އެވެ.

ޑީއާރުޕީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ މާލީ ސިޔާސަތު އެގޮތަށް ހުރިކަން އެ ޕާޓީ އަށް އެނގުނީ މި މަހުގެ ފުރަތަމަ ދުވަހު އެމްއެމްއޭގެ ގަވާނަރާ އެކު ބޭއްވި ބައްދަލުވުމާއި އަދި އޭގެ ފަހުން މިނިސްޓަރު އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަދި ރާއްޖެ އައި އައިއެމްއެފްގެ މިޝަނާ ބައްދަލުކޮށް އެއްކުރި މައުލޫމާތުގެ އަލީގައި ކަމަށެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ނިކަމެތިކަން ލިބިދާނެ ރައްޔިތުންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މުހިއްމުކަން އައިއެމްއެފުން ފާހަގަކޮށްފައިވާ ކަން ވެސް އެނގިފައިވާ ކަމަށް ޑީއާރުޕީގެ ނޫސްބަޔާނުގައިވެ އެވެ.

ޑީއާރުޕީން ބުނެފައި ވަނީ އެމްއެމްއޭ އާއި މިނިސްޓްރީ އޮފް ފިނޭންސާ ދެމެދު އެކަށީގެންވާ ގޮތެއްގައި މުއާމަލާތް ކުރަމުން ނުދާ ކަމަށެވެ.

ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދޭނީ އެމްއެމް އާއި ސަރުކާރު ގުޅިގެން އިހުލާސްތެރި މަސައްކަތްތަކެއް ކޮށްގެން ކަމަށާއި އަދި އެ މަސައްކަތް ހިނަގުމުންދާ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ދިނުމަށް އެމްއެމްއޭ އަށާއި ސަރުކާރަށް ގޮވާލާ ކަމަށް ވެސް ޑީއާރްޕީގެ ނޫސްބަޔާނުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު