ސްކިލް ޓްރޭނިން ސެންޓަރުން އީދު ފާހަގަކުރީ ލަންކާގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒެއްގައި

ސްކިލް ޓްރޭނިން ސެންޓަރުން ބައެއް މެމްބަރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ލަންކާގެ މަރުކަޒެއްގައި-- ފޮޓޯ/ ސްކިލް ޓްރޭނިން ސެންޓަރު

ފިތުރު އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކިލް ޓްރޭނިން ސެންޓަރުން ސްރީލަންކާގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒަކަށް ޒިޔާރަތްކޮށްފި އެވެ.

އެ ސެންޓަރުގެ ފައުންޑާ ދިމްނާ ފާކިރު ވިދާޅުވީ އެ ސެންޓަރުން މި އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ޒިޔާރަތް ކުރީ ސްރީލަންކާގެ ކަލުތަރަ އަވަށުގައި ހުންނަ މާކްސްރީ ސަރާނަ ސޭވާ ނިވާހަނަ ނަމަކަށް ކިޔާ މަރުކަޒަކަށް ކަމަށެވެ.

އެ މަރުކަޒުގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ 79 މީހުން ތިބޭ އިރު، އޭގެ ތެރޭގައި ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެ އެވެ. އެތަނުގައި މަސައްކަތް ކުރަނީ 15 މުވައްޒަފުންނެވެ.

ސްކިލް ޓްރޭނިން ސެންޓަރުން 2013 ވަނަ އަހަރުން ފެށިގެން އަންނަނީ، އެހީތެރިކަން އެންމެ ބޭނުންވާ މަރުކަޒުތައް ފާހަގަކޮށް، ފިތުރު އީދާ ދިމާކޮށް އެތަންތަނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އާންމުކޮށް ބޭނުންކުރާ އެކިއެކި ސާމާނާއި އިލެކްޓްރޯނިކް ސާމާނު ހިމެނެ އެވެ.

މީގެ އިތުރުން ފިތުރު އީދާ ދިމާކޮށް ޔޫތު މިނިސްޓްރީން މާލޭގައި ބޭއްވި އީދު ކުޅިވަރުތަކުގައި ސްކިލް ޓްރޭނިން ސެންޓަރުގެ ޚާއްސަ ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވެ އެވެ.

comment ކޮމެންޓް