ރާއްޖެ އަށް ލިބިފައިވާ ހައްޖުކޯޓާ އިތުރުވެއްޖެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފައިސާ ނެގުމާ ނަން ނޯޓް ކުރަމުންދާ ކަމުގެ ޝަކުވާތައް ލިބޭ: އިސްލާމިކް އެފެއާޒު

ރާއްޖެ އަށް ލިބިފައިވާ ހައްޖުކޯޓާ އިތުރުވެއްޖެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޖަމާއާތްތަކަށް ފައިސާ ނެގުމާއި ހައްޖަށްދާން ނަން ނޯޓް ކުރުން ފަދަ ކަންކަން ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފި އެވެ.


އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރު ރާއްޖެއަށް ދޭ ޙައްޖު ކޯޓާ އިތުރުކޮށްދިނުމަށް އެ މިނިސްޓްރީން ސައުދޫ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެ ކޯޓާ އިތުރުވާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި އެނގިފައިނުވާ ކަމަށް އިސްލާމިކް އެފެއާޒުން ބުނެ އެވެ. ވީމާ ރާއްޖެއަށް ސައުދީ ސަރުކާރުންދޭ ހައްޖު ކޯޓާ އިތުރު ނުވަނީސް އެއްވެސް ފަރާތަކުން ހައްޖު ޖަމާއަތްތަކަށް ފައިސާ ނުދެއްކުމަށް ވެސް އިސްލާމިކް އެފެއާޒްގެ އެ އިޢުލާންގައި ބުނެފައިވެ އެވެ.


މިކަމާ ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ އާއްމު ފަރާތްތަކުން އެފަދަ ތަފާތު ޝަކުވާތައް ހުށަހަޅަމުން އަންނަ ކަމަށާއި އަދި އެމިނިސްޓްރީ މިއަހަރު ހުއްދަ ދީފައިވަނީ ހަ ޖަމާއަތަކަށް އެކަނި ކަމަށާއި ނަމަވެސް އެގޮތަށް އަމަލްކުރަމުން ދަނީ ކޮންކޮން ފަރާތަކުން ކަމެއް އަދި އެނގިފައިނުވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު