ޔޫރަޕިއަން ޔޫނިއަނުން ވަކިވުމަށް އިނގިރޭސިން ނިންމައިފި

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމަށް ކެމްޕޭން ކުރެއްވި ޓީމް --

ލަންޑަން (ޖޫން 24) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް އިނގިރޭސި ރައްޔިތުން ނިންމައިފި އެވެ.

އިއްޔެ އިނގިރޭސި ވިލާތުގައި ނެގި ވޯޓުގެ ރަސްމީ ނަތީޖާތައް ދައްކާ ގޮތުން އީޔޫ އިން ވަކިވުމަށް 52 ޕަސެންޓް މީހުން ވޯޓުދީފައިވެ އެވެ. އަދި އީޔޫގައި ދެމި ިތިބުމަށް ވޯޓުލީ މީހުންގެ ނިސްބަތަކީ 48 ޕަސެންޓެވެ.

އީޔޫ އިން ވަކިވުމަށް އިންގްލޭންޑާއި ވޭލްސް އިން ބޮޑު ތަރުހީބެއް ލިބިފައިވާ އިރު ލަންޑަން، ސްކޮޓްލެންޑް އަދި ނަދަން އަޔަލެންޑުން އެންމެ ގިނައިން ވޯޓު ދީފައި ވަނީ އީޔޫގައި ދެމިތިބުމަށެވެ. ލަންޑަނުގެ 60 ޕަސެންޓް މީހުން ވޯޓުދީފައި ވަނީ އީޔޫގައި ދެމި ތުބުމަށެވެ. ސާޅީސް ޕަސެންޓް ވަކިވުމަށެވެ. އެކަމަކު ވޭލްސް އިން ވޯޓު ދީފައި ވަނީ އީޔޫ އިން ވަކިވުމަށެވެ.

އިންޑިޕެންޑެންޓް ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް: އީޔޫ އިން ވަކިވާން މަސައްކަތް ކުރާތާ 20 އަހަރު --

ްއިއްޔެ އިނގިރޭސި ވިލާތުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި އާބާދީގެ 71.8 ޕަސެންޓް މީހުން ވޯޓު ލުމަށް ނުކުމެފައިވެ އެވެ. އަދި އެއީ 1992 ވަނަ އަހަރަށް ފަހު އިނގިރޭސި ވިލާތުގައި އެންމެ ގިނަ މީހުން ވޯޓު ލުމަށް ނުކުތް ފަހަރެވެ.

އެ ޥޯޓާ އެކު އިނގިރޭސި ވިލާތް ހިމެނިގެން ދާނީ 28 ގައުމު ހިމެނޭ ޔޫރަޕުގެ އިއްތިހާދުން ވަކިވާ ފުރަތަމަ ގައުމަށެވެ.

އިނގިރޭސިން އީޔޫ އިން ވަކިވުމަށް ވޭތުވެ ދިޔަ 20 ވަރަކަށް އަހަރުގެ ތެރޭގައި ކެމްޕޭން ކުރެއްވި އިންޑިޕެންޑެންޓް ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް ވިދާޅުވީ މިއީ އިނގިރޭސިންގެ އެންމެ އާދައިގެ މީހާ އަށް ވެސް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި ވިދާޅުވީ މިއީ ގައުމަށް މިނިވަންކަން ލިބުނު ދުވަސް ފަދަ ދުވަހެއް ކަމަށެވެ. އަދި އޭނާ ވަނީ ކެމަރުން ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ. އަދި ލޭބާ ޕާޓީގެ މަސްދަރުތަކާ ހަވާލާދީ ބީބީސީ އިން ބުނީ މެމަރަން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

ވޯޓުގެ ނަތީޖާ އިން މާޔޫސްވި ބަޔަކު --

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމަށް ވޯޓު ދިން ނަމަވެސް މުޅި ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް މަދުވެގެން ދެ އަހަރު ދުވަސް ވާނެ އެވެ.

comment ކޮމެންޓް