ހެއްކަކު ހާޒިރު ކުރަން ބެހެއްޓި ޑެޕޮސިޓް ފައިސާ އަނބުރާ ހޯދަން ހައި ކޯޓުގެ މައްޗަށް މީހަކު ދަށު ކޯޓުގައި ދައުވާ ކޮށްފި

ހައި ކޯޓަށް ހުށަހެޅި މައްސަލައެއްގައި ހެއްކަކު ރާއްޖެއިން ބޭރުން ހާޒިރު ކުރަން ބެހެއްޓި ޑެޕޮސިޓް ފައިސާ އަނބުރާ ހޯދުމަށްޓަކައި މީހަކު ހައި ކޯޓުގެ މައްޗަށް މިއަދު ސިވިލް ކޯޓުގައި ދައުވާ އުފުލައިފި އެވެ.

މުނިސިޕަލްޓީ ހާއްސަ ދަފްތަރު މުހައްމަދު އިބްރާހިމް ދީދީ، 71، ހައި ކޯޓުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އޭނާ ހައި ކޯޓަށް ހުށަހެޅި މައްސަލައެއްގައި ރާއްޖެއިން ބޭރުން މީހަކު ހާޒިރު ކުރުމަށްޓަކައި އެ ކޯޓުގައި 959 ޑޮލަރު ]14،787ރ.[ ބަހައްޓާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހާޒިރު ކުރަން ބޭނުންވި މީހާ ވަނީ ހާޒިރުކޮށްފައި ކަމަށް ވެސް އެ ދައުވާގައި ބުނެ އެވެ.

އިބްރާހިމް ދީދީގެ ދައުވާގައި އެދިފައި ވަނީ ޑިޕޮސިޓަށް އޭނާ ބެހެއްޓި ފައިސާ ހައި ކޯޓުގެ ފަރާތުން އަނބުރާ ހޯދައި ދިނުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު