ޔުޓިލިޓީއާ އިންޖީނުގެ ހަވާލުކުރަން ފެނެތޯ ބަލަން މާބައިދޫ ރައްޔިތުން ބޭއްވި ބައްދަލުވުމެއް އެމްޑީޕީއާ ޑީއާރްޕީގެ މެންބަރުންގެ ޒުވާބަކަށް ވެގެން ނިމިއްޖެ

މާބައިދޫ އިންޖީނުގެ ޔުޓިލިޓީސްއާ ހަވާލުކުރަން ފެނޭތޯ ބަލަން ބޭއްވި ބައްދަލުވުމެގައި ދެ ޕާޓީގެ މެންބަރު އަޑުގަދަކޮށް ޒުވާބުކޯށް ބޮޑު އަރައިރުމަކަށް ބަދަލުވެގެން ބައްދަލުވުން ނިމިއްޖެ އެވެ.

މާބައިދޫ ރައްޔިތުންގެ އިންޖީނުގެ ޔޫޓިލިޓީސްއާ ހަވާލުކުރަން ފެނޭތޯ ބަލަން ރައްޔިތުންނާ އެކު ރަށު ކައުންސިލުން ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ރަށު ކައުންސިލުން ބުނީ ރޭ މާ ބައިދޫގައި މުޒާހަރާއެއް ނުކުރާ ކަމަށާއި ނަމަވެސް ރައްޔިތުންގެ ބައްދަލުވުން ބޮޑު ޒުވާބަކަށް ބަދަލުވުމުގެ ސަބަބުން، ނަގަން އުޅުނު ވޯޓު ނުގެނުނު ކަމަށެވެ.

" އަޅުގަނޑުމެން ރައްޔިތުން އެއްކުރީ އިންޖީނުގެ އަޅުގަނޑުމެންނަށް ރަނގަޅަށް ނުހިންގޭތީ ޔުޓިލިޓީސް ކުންފުންޏާ ހަވާލުކުރުމާ މެދު މަޝްވަރާ ކުރުމަށް، ނަމަވެސް ބައެއް ރައްޔިތުން އެކަމާ ދެކޮޅަށް އަދި އަނެއްބައި ރައްޔިތުން އެކަމާ އެއްކޮޅަށް ހިޔާލު ފާޅުކުރަމުން ގޮސް ބޮޑު ޒުވާބަކަށް ބަދަލުވީ،" މާބައިދޫ ކައުންސިލްގެ ރައީސް އިބުރާހިމް މުހައްމަދު

އޭނާ ވިދާޅުވީ މިހާރު ތެލުގެ އަގު ހުރި ގޮތުން ރައްޔިތުންގެ އިންޖީނުގެއެއްގެ ގޮތުގައި މާބައިދޫ އިންޖީނުގެ ހިންގާނަމަ ކަރަންޓް ޔުނިޓަކަށް ނަގާ އަގު ބޮޑުކުރަން ޖެހޭ ކަމަށެވެ. އަދި އަގު ބޮޑު ނުކުރާނަމަ ދެން އޮތް ގޮތަކީ ޔުޓިލިޓީސްއާ ހަވާލުކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާބައިދު ބައްދަލުވުމުގައި އެމްޑީޕީއަށް ތާއީދު ކުރާ މީހުންނާއި ޑީއާރުޕީއަށް ތާއީދުކުރާ މީހުންގެ މެދުގައި ޒުވާބު ހިނގައި އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު އެއްޗެތި ކިޔަން ފެށުމުގެ ސަބަބުން ކުރިއަށް ނުގެންދެވުނު ބައްދަލުވުމުގެ ވީޑިއޯ ސަންއަށް ވެސް ވަނީ ލިބިފަ އެވެ. އެ ވީޑީއޯއިން ފެންނަ ގޮތުގައި ދެބައި މީހުން އަރައިރުންވެސް އެއްބަޔަކު އަނެއްބަޔަކަށް އަވަގުރާނަ ގޮވައި ހަދާފައި ވެއެވެ.

ހަސަތޭކައަށްވުރެ ގިން މީހުންގެ އާބާދީއެއް އޮންނަ މާބައިދޫގެ އިންޖީނުގެ ހިންގަނީ މަހަކު 48000.ރ ގެއްލުމުގައި ކަމަށް ރައުށު ކައުންސިލުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު