އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ބަތޫލް ރާއްޖެ ތަމްސީލުކޮށްދީފި

ބަތޫލް އޭބީޔޫ ފެސްޓިވަލްގައި ޕާފޯމް ކުރަނީ

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިންގް ޔޫނިއަން (އޭބީޔޫ)ގައި، ރާއްޖޭގެ ހުނަރުވެރި ޒުވާން ލަވަކިޔުންތެރިޔާ އައިމިނަތު ބަތޫލް، ރާއްޖެ ތަމްސީލުކުރުމުގެ ގޮތުން އޭނާ ހަދާފައިވާ ލަވައެއް ހުށަހަޅައިދީފި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ކުރިޔަށްދާ މި ފެސްޓީވަލްގައި، ބަތޫލް ހުސަހޅައިދީފައި ވަނީ އޭނާގެ އަމިއްލަ އުފެއްދުމެއް ކަމުގައިވާ "އުނިކަމެއް" މި ލަވަ އެވެ. ބަތޫލް ބުނާ ގޮތުން، މި ލަވައަކީ، އޯޓިޒަމް ހުންނަ ކުދިންނަށް ޓަކައި އޭނާ ހަދާފައިވާ ލަވަ އެކެވެ.

ބަތޫލް ބުނީ، މި ފެސްޓިވަލުގެ ސަބަބުން، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބައެއް ގައުމުތަކުގެ ސަގާފަތާއި މިއުޒިކާ ބެހޭ ގިނަ މައުލޫމާތުތަކެއް އޭނާ އަށް ލިބިފައިވާ ކަމަށެވެ.

އޭބީޔޫ ރޭޑިއޯ ސޯންގު ފެސްޓިވަލުގައި ބަތޫލް ލަވަ ހުށަހަޅައިދީފައިވާ އިރު، މި އަހަރުގެ ފެސްޓިވަލުގައި ޖުމްލަ ނުވަ ގައުމަކުން 12 ލަވައެއް ހުށަހެޅުމަށް ހަމަޖެހިފައިވެ އެވެ.

އޭބީޔޫ އިން ޓީވީ ސޯންގު ފެސްޓިވަލެއް ވެސް ކުރިޔަށް ގެންދާ އިރު، މީގެ ކުރިން އެ ފެސްޓިވަލުގައ ވަނީ ރާއްޖޭގެ ބައެއް މަގުބޫލު ލަވަކިޔުންތެރިން ލަވަ ހުށަހަޅައިދީފަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު