ޖޭމްސް ބޮންޑުގެ ކާމިޔާބު ފިލްމުތައް ޑައިރެކްޓު ކުރި ގައި ހެމިލްޓަން މަރުވެއްޖެ

ގައި ހެމިލްޓަން --- ފޮޓޯ: ބީބީސީ

ޖޭމްސް ބޮންޑުގެ ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓުކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު، ގައި ހެމިލްޓަން މަރުވެއްޖެ އެވެ.

ބޮންޑުގެ ހަތަރު ފިލްމެއް ޑައިރެކްޓުކޮށްފައިވާގައި މަރުވެފައި ވަނީ މިދިޔަ ބުދަ ދުވަހު ސްޕެއިންގެ ރަށެއް ކަމަށްވާ މެލޯކާގެ ހޮސްޕިޓަލެއްގަ އެވެ. އޭނާ މަރުވި އިރު އުމުރުން 93 އަހަރެވެ.

ހަބަރުތައް ބުނާ ގޮތުން، ގައި މަރުވާން ދިމާވި ސަބަބެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އޭނާ އެނދުމަތިކޮށްފައި އޮތީ ކިހާ ދުވަހަކު ކަމެއް ވެސް އެ ހޮސްޕިޓަލުން ހާމަކޮށްފައި ނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގައި ޑައިރެކްޝަންގެ މަސައްކަތް ފެށި ގައި ވަނީ ޖޭމްސްގެ ހަތަރު ފިލްމެއް ޑައިރެކްޓުކޮށްފަ އެވެ. ހަމައެއާ އެކު 1950ގެ އަހަރުތަކުން ފެށިގެން 1980ގެ އަހަރުތަކާ ހަމައަށް ގައި ވަނީ 22 ފިލްމެއް ޑައިރެކްޓުކޮށްފަ އެވެ.

ގައި ޑައިރެކްޓުކޮށްފައިވާ ޖޭމްސް ބޮންޑުގެ ފިލްމު ތަކަކީ، ގޯލްޑް ފިންގާ، ޑަޔަމަންޑްސް އާ ފޮރްއެވާ އަދި ދަ މޭން ވިތު ގޯލްޑެން ގަން ގެ އިތުރުން ލިވް އެންޑް ލެޓް ޑައި، އެ ހަތަރު ފިލްމެވެ.

comment ކޮމެންޓް