ހަނގުރާމަވެރިންތަކެއް އިންޑިއާގައި ހަމަލާތަކެއް ދިނުމަށް ރާއްޖެ ފަދަ އަވަށްޓެރި ގައުމުތަކުން އެހީ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި

19:00


ޕާކިސްތާނުގެ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށްވާ ލަޝްކަރުއް ތައިބާ އިން އިންޑިއާގައި ހަމަލާތަކެއް ދިނުމަށް ރާވަމުންދާ ކަމަށާއި އެކަމަށްޓަކައި ދިވެހިރާއްޖެ ފަދަ އަވަށްޓެރި ގައުމުތަކުން އެހީ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.


އިންޑިއާ ސަރުކާރުގެ އޮފިޝަލުން ބުނެފައި ވަނީ މައިގަނޑު ގޮތެއްގައި މި ހަމަލާތައް އަމާޒުކުރުމަށް ރާވާފައި ވަނީ އެގައުމުގެ މުހިންމު އިމާރާތްތަކަށާއި ފަތުރުވެރިންގެ މަންޒިލްތަކަށް ކަމަށެވެ. އަދި މިކަމުގައި ލަޝްކަރުއް ތައިބާގެ އިތުރުން ތަފާތު އެހެން ޖަމާއަތްތަކުގެ ނުރައްކާ ވެސް އިންޑިއާއަށް އެބައޮތް ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


އިންޑިއާގެ ހޯމް މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައި ވަނީ ހަނގުރާމަވެރިންގެ ޖަމާއަތްތަކުން ދިވެހިރާއްޖެ ފަދަ އަވަށްޓެރި ގައުމުތަކުގެ ރައްޔިތުންގެ ކިބައިން ވެސް އެހީ ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހަމަލާތަކުން ރައްކާތެރިވުމަށް އިންޑިއާ ސަރުކާރުން ސަމާލުވާނެ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު