މިސްރު ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދެއްކުމުން އޮޑިޓަރު މަގާމުން ދުރުކޮށްފި

މިސްރުގެ ރައީސް ޢަބުދުލް ފައްތާޙު އައް ސީސީ. ފޮޓޯ: އޭއެފްޕީ

މިސްރު ސަރުކާރުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ފެތުރިފައިވާ ކަމަށް ވިދާޅުވުމުން އެ ގައުމުގެ ސެންޓްރަލް އޮޑިޓިން އޯގަނައިޒޭޝަންގެ ވެރިޔާ ހިޝާމް ޖިނައިނާ މަގާމުން ދުރުކޮށްފި އެވެ.

މިސްރުގެ ދުވަހުނޫހެއްކަމަށްވާ އަލް ޔައުމް 7 އަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިޝާމް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައި ވަނީ މިސްރު ސަރުކާރުގެ ކޮރަޕްޝަނުގެ ސަބަބުން 600 ބިލިޔަން މިސްރު ޕައުންޑް( 76 ބިލިޔަން ޑޮލަރު) ގެއްލިފައިވާ ކަމަށެވެ.

އޭނާ އެހެން ވިދާޅުވުމުން މިސްރުގެ ރައީސް ޢަބުދުލް ފައްތާޙު އަލް ސީސީ ވަނީ އޭނާ އެ ދައުވާގެ ތެދު ދޮގު ބެލުމަށް ކަމަށް ވިދާޅުވެ ކޮމިޝަނެއް އުފައްދަވާފަ އެވެ. އެކޮމިޝަނުން ނިންމީ މިސްރު ސަރުކާރުގެ ތެރޭގައި އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށާއި ހިޝާމް ވާހަކަ ދައްކަވާފައި ވަނީ ރައްޔިތުންނަށް އޮޅުވައިލުމަށް ކަމަށެވެ. ހިޝާމް އެގޮތަށް ކަންތައް ކުރެއްވީ ބޭރު ބައެއްގެ މަދަދާއި އެކުގައި ކަމަށް ވެސް ކޮމިޝަނުން ނިންމި އެވެ.

އެހިސާބުން ހިޝާމް ޖިނައިނާ މަގާމުން ވަކިކޮށް އޭނާގެ ހުންނެވި މަގާމު އޭނާގެ ނައިބު ހިޝާމް ބަދާވީ އަށް ސީސީ ދެއްވި އެވެ.

މިސްރުގެ ކޯޓްތަކުގެ ކަންތައްތައް ބަލަހައްޓާ ސުޕްރީމް ޖުޑިޝަން ކައުންސިލުން ވެސް މިއަދު ވަނީ ވަރުގަދަ ނިންމުމެއް ނިންމާފަ އެވެ. އެގޮތުން 2013 ވަނަ އަހަރު އެގައުމުގައި ހުންނެވި ރައީސް މުޙައްމަދު މުރުސީގެ ވެރިކަން އޭރުގެ އާމީ ޗީފް (މިހާރުގެ ރައީސް) ސީސީ ވައްޓައިލި ވައްޓައިލުމާ ދެކޮޅު ހެދި 32 ފަނޑިޔާރަކު މަގާމުން ރިޓަޔާ ކުރުމަށް މަޖުބޫރު ކުރުމަށް އެކައުންސިލުން ވަނީ ނިންމާފަ އެވެ. ( ޕްރެސްޓީވީ، އަދި ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު