ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ އުޅަނދުފަހަރު ޖޫރިމަނާކުރަމުންދާތީ ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއަށް ބަޔަކު ވަދެ، ނުރުހުން ފާޅުކުރަމުން އެބަދޭ

14:30


ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ކަމަށް ބުނެ، ސިފައިންނާއި ފުލުހުން ފެރީތަކަށް އަރާ ޗެކްކޮށް ބިދޭސީން ގެންގުޅޭ އުޅަނދުފަހަރު ޖޫރިމަނާކުރަމުންދާތީ އެ ކަމާ ހިތްހަމަނުޖެހިގެން ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއަށް ބަޔަކު ވަދެ، ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަދެ އެވެ.


މާލެ ސަރަހައްދުގައި ދުއްވާ ފެރީތަކުގެ މަސައްކަތްކުރާ ބައެއް މީހުން، އާ ހާބަރު ކައިރީގައި ހުންނަ  ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއަށް މިއަދު ހެނދުނު 11:30 ހާއިރު ވަދެ، އެ މީހުން ބުނަމުންދިޔައީ ގަވާއިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ކަމަށް ބުނެ ހަމައެކަނި އެ މީހުންގެ އުޅަނދުފަހަރު ޖޫރިމަނާކޮށްގެން ނުވާނެ ކަމަށާއި ސަރުކާރުގެ ވުޒާރާތަކުގެ އުޅަނދުފަހަރުގައި ވެސް ބިދޭސީން ގެންގުޅެމުންދާ ކަމަށެވެ. އަދި ސަރުކާރުން އެފަދަ ފިޔަވަޅުތަކެއް އަޅަމުންދާތީ އެ މީހުންގެ މަސައްކަތައް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި އެ މީހުން އެ މިނިސްޓްރީން ނުކުންނާނީ މިނިސްޓަރާ ބައްދަލުކޮށްފައި ކަމަށް ވެސް އެ މީހުން ބުނަމުންދިޔަ އެވެ.


އެ ކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހުންގެ ޝަކުވާތައް އެ މިނިސްޓްރީން އަޑުއަހަމުންދާ ކަމަށާއި މިނިސްޓަރު އެ މީހުންނާ ބައްދަލުކުރެއްވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު