ހެދުން އިސްތިރި ކުރުމަކީ ބައެއް މީހުން އެހާ ކުރާ ހިތްވާ ކަމަކަށް ނުވެ އެވެ. ގިނަ ބަޔަކު، އެ މަސައްކަތް ސިފަ ކުރަނީ ފޫހި މަސައްކަތެއްގެ ގޮތުގަ އެވެ. އެހެންކަމުން އިސްތިރި ނުކޮށް ހެދުމުގެ ރޫ ފިލުވާލެވޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ.

ކުރިއަރާފައިވާ މި ޒަމާނުގައި އެކަމަށް ވެސް ވަނީ ހައްލެއް ހޯދާފަ އެވެ. އެގޮތުން ގޭގައި ފަސޭހަ ކަމާއެކު ތައްޔާރުކޮށްލެވޭ ސްޕްރޭއެއްގެ އެހީގައި ހެދުމުގެ ރޫ ފިލުވާލެވޭނެ ގޮތްތަކެއް މިހާރު ވަނީ ހޯދާފަ އެވެ. އެހެންކަމުން އެ ސްޕްރޭ ތައްޔާރު ކުރަންވީ ގޮތްތަކަކީ ކޮބައިތޯ ބަލާލާމާ ހެއްޔެވެ؟
ބޭނުންވާ ތަކެތި:
400 އެމްއެލް ފެން، އެއް މޭޒުމަތީ ސަމްސާ އަލްކޮހޮލް ވިނެގާ، އެއް މޭޒުމަތީ ސަމްސާ ފެބްރިކު ސޮފްނާ، ސްޕްރޭ ފުޅިއެއް
ސަޕްރޭ ތައްޔާރު ކުރާނެ ގޮތް:
ފެނާއި، އަލްކޮހޮލް ވިނެގާ އަދި ފެބްރިކު ސޮފްނާ އެއްކޮށްލާށެވެ. އެއަށްފަހު ސްޕްރޭ ފުޅިއަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
ބޭނުން ކުރަން ވީ ގޮތް:
ރޫ ޖެހިފައިވާ ހެދުންތަކަށް އެ ސްޕްރޭ ކުރާށެވެ. އަދި ހެދުމުގައި ހުރި ރޫތަށް ފިލުވުމަށް ދެކޮޅަށް ދަމާލާށެވެ. އެއަށްފަހު ހެދުން ހިކެންދެން މަޑު ކޮށްލާށެވެ.
މައުލޫމާތު: 1މިލިއަން ހެލްތު ޓިޕްސް