ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ އެންމެ ފަހުގެ ވީޑިއޯ ލަވަ "ނެތް ދުވަހަކުން" ރިލީޒުކޮށްފި އެވެ. އެ ލަވަ ރިލީޒު ކޮށްފައި ވަނީ ރޭ ބޭއްވި މޯލްޑިވިއަން އައިޑަލްގެ އެލިމިނޭޝަން ޝޯވްގެ ތެރެއިންނެވެ.

މޯލްޑިވިއަން އައިޑަލްގެ ރޭގެ ޝޯވްގައި މީރާ ލަވައެއް ހުށަހަޅައިދެނީ --- ފޮޓޯ: ޕީއެސްއެމް
"ނެތް ދުވަހަކުން" އަކީ މިރާ ސިލްސިލާކޮށް ގެނެސްދެމުން އައި ވާހަކައެއްގެ ހިތާމަވެރި ނިމުމެވެ. އެގޮތުން އެ ވާހަކައިގެ ފުރަތަމަ ލަވައަކީ "ލޮއެއްބަކީ" އެވެ. ދެވަނަ ލަވައަކީ "ވައުދު ވަމޭ" އެވެ. މިދިޔަ މަހު 14 ވަނަ ދުވަހު ރިލީޒު ކުރި "ވައުދުވަމޭ" ނިންމާފައި ވަނީ، ކައިވެނީގެ ހަފުލާ ނިންމުމަށް ފަހު ގެއަށް ދިޔަ މަގުމަތީގައި މީރާގެ ފިރިމީހާ އެކްސިޑެންޓުވާ ހިސާބުންނެވެ.

މީރާގެ ވީޑިއޯ ލަވަ "ނެތް ދުވަހަކުން" ގެ ޕޯސްޓަރެއް --- ފޮޓޯ: ފޭސްބުކް
ރޭ ރިލީޒް ކުރި "ނެތް ދުވަހަކުން"ގައި ފެނިގެންދަނީ، މީރާގެ ފިރިމީހާ ހޮސްޕިޓަލަށް ގެން ގޮސް ފަރުވާ ދޭ މަންޒަރެވެ. އެހެން ނަމަވެސް ޑޮކްޓަރުން ކުރި މަސައްކަތް ނާކާމިޔާބުވެ، މީރާގެ ފިރިމީހާ ދުނިޔެއާ އަލްވަދާއު ކިޔާ މަންޒަރު އެލަވައިގައި ފެނިގެން ދެ އެވެ. އެހާ ހިސާބުން މީރާ އެކަނިވެރިވެ އެވެ. އަދި ކުރީގެ ހަނދާންތައް އޭނާ ވަށާލަ އެވެ. ދުވަހަކުން" ގެ ޕޯސްޓަރެއް --- ފޮޓޯ: ފޭސްބުކް
"ނެތް ދުވަހަކުން"ގެ މިއުޒިކު ހަދާފައިވަނީ މީރާ އެވެ. އަދި އެ ލަވައިގެ ރިލިކްސް ހަދާފައިވަނީ މީރާ އާއި ޖައިލަމް އެވެ. އެ ލަވައިގެ ވީޑިއޯ އަދި އެޑިޓިންގު ހަދާފައިވަނީ ސިމްބޮލިކު ޕްރޮޑަކްޝަން އިންނެވެ.