ޖަޕާނަށް އެހީވުމަށް ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން 30 ހާހަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

ޖަޕާނަށް އައި ބިންހެލުމާއި ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވިލާ ކޮލެޖާއި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލުން 30 ހާހަށްވުރެ ގިނަ ފައިސާ މޯލްޑިވިއަން ރެޑްކްރެސެންޓްގައި ހުޅުވާފައިވާ ޖަޕާންނަށް އެހިވުމުގެ ފަންޑާއި މިއަދު ހަވާލުކޮށްފި އެވެ.

ވިލާކޮލެޖުން ބުނީ މިދިޔަ މާޗް މަހުގެ ތެރޭގައި އެ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައިސްކޫލް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކުން 33171.35ރ. ހަވާލުކޮށްފައިވާ ކަމަށެވެ.

މި ފައިސާ މޯލްޑިވްސް ރެޑްކްރެސެންޓާ ހަވާލުކޮށްފައި ވަނީ މިއަދު ހަވީރު އެކޮލެޖްގައި ބޭއްވި ހަފްލާއެއްގައި ވިލާ އިންޓާނޭޝަނަލް ހައިސްކޫލްގެ ފަރާތުން ސްކޫލް ކެޕްޓަން އަދި ދެ ޑެޕިއުޓީ ކެޕްޓަނުނާއި ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަންގެ ޕްރެޒިޑެންޓް އާއި ޓްރެޝަރާ އާއި ޕްރޮފެޝަނަލް ސްޓަޑީޒްގެ ސްޓޫޑެންޓް ބޮޑީގެ ޕްރެޒިޑެންޓެވެ. މޯލްޑިވިއަން ރެޑްކްރެސެންޓްގެ ފަރާތުން އެފައިސާ އާއި ހަވާލުވެލެއްވެވީ ސެކްރެޓަރީ ޖެނެރަލް ރަޝްދާ އަލީ އެވެ.

ޖަޕާނަށް އެހީވުމުގެ ފަންޑަށް ފައިސާ ހަދިޔާކުރުމުގެ ގޮތުން ނިމިގެންދިޔަ މާޗް މަހުގެ ތެރޭގައި ވިލާ އިންޓާނޭޝަނަލް ހައިސްކޫލްގެ ދަރިވަރުންނާ މުވައްޒަފުން "ވީވާ ލާ ވީއައި އެޗް އެސް 2011" ގެ ނަމުގައި ފެއާއެއް ވަނީ ބާއްވާފަ އެވެ. އަދި ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން "މިޝަން ބުޝީ 2011" ގެ ނަމުގައި ވެސް ވަނީ ފެއާއެއް ބާއްވާފަ އެވެ. މި ދެ ހަރަކާތުގައި ވެސް ވިލާ ކޮލެޖާއި ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ހުރިިހާ ދަރިވަރުންނާއި މުވައްޒަފުން އަދި ހެޔޮއެދޭ ވަރަށްގިނަ ފަރާތްތަކުން އަމަލީގޮތުން ހަރަކާތްތެރިވެފައިވާ ކަމަށްވެސް ވިލާ ކޮލެޖުން ބުންޏެވެ.

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީގައި ހާލުގައިޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ "ޖަޕާނާއެކު ދިވެހިން" ޓެލެތޯނަށް ލިބުނު 8.5 މިލިއަން ރުފިޔާ އާއި ގިނަ އަދަދެއްގެ ދަޅު މަހުގެ އެހީ، ރަމްޒީކޮށް ޖަޕާނު ސަރުކާރާ މިއެޕްރީލް މަހު ވަނީ ހަވާލުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު