ޖޭއެސްސީގެ ގަވާއިދު ފާސްކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން [ޖޭއެސްސީ]ގެ ހިންގާ ޤަވާއިދު ފާސްކޮށް، އަންނަ މަހުން ފެށިގެން އެ ގަވާއިދަށް އަމަލްކުރުމަށް އެކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ރޭ އެކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ހަތް މެންބަރުންގެ އިއްތިފާގުން ކަމަށާއި އެގަވާއިދު ފާސްކޮށްފައި ވަނީ އެ ގަވާއިދަށް މެމްބަރުން ހުށަހަޅާފައިވާ އިސްލާހުތަކަށް އެކި ޖަލްސާތަކުގައި ބަހުސްކޮށް، އެމާއްދާތައް އިސްލާހުކުރުމަށް ފަހުގައި ކަމަށެވެ.

ކޮމިޝަންގެ އިދާރީ އެންމެހާ ކަންކަމާ މެންބަރުން އަމަލް ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވާ އެގަވާއިދު ފާސްކުރުމަށް ފަހު، ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކާ އެކު ގަވާއިދުގެ ކޮންސެޕްޓަށް ބަދަލު ނާންނާނެހެން އިބާރާތުގެ ކުށެއް ވާނަމަ އެކަން ރަނގަޅު ކުރުމަށާއި، އިމްލާ ކުށްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރުމަށް ކޮމެޓީއަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.

އެކޮމިޝަނުން މިހާރު އަމަލް ކުރަމުން ގެންދަނީ ސިވިލް ސާވިސް މުވައްޒަފުންގެ އިދާރީ އޮނިގަނޑަށާއި ކޮމިޝަނުން އެކުލަވާލާފައިވާ ބައެއް އުސޫލުތަކުގެ މައްޗަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު