އެފްއެޗްއެސްގެ ނާސިން ބައިގެ ނަން ބަދަލުކޮށްފި

ފެކަލްޓީ އޮފް ހެލްތު ސައިންސަސް [އެފްއެޗްއެސް]ގެ ނާސިން ޑިޕާޓްމަންޓްގެ ނަން "ޚަލީފާ ބިން ޒައިދު އަލް ނަހުޔާން ފައުންޑޭޝަން ޑިޕާޓްމަންޓް އޮފް ނާސިންގެ" ނަމަށް ބަދަލުކޮށް ހުޅުވައިފި އެވެ.

އެފްއެޗްއެސްގެ ނާސިން ޑިޕާޓްމަންޓްގެ ނަން "ޚަލީފާ ބިން ޒައިދު އަލް ނަހުޔާން ފައުންޑޭޝަން ޑިޕާޓްމަންޓް އޮފް ނާސިންގެ" ނަމަށް ބަދަލުކޮށް ހުޅުވާފައި މިވަނީ އެ ފައުންޑޭޝަންގެ ފަރާތުން ރާއްޖޭގައި ޓެލެމެޑިސިން ތަޢާރަފް ކުރުމަށް 6.2 މިލިއަން ޑޮލަރުގެ [95.60 ރުފިޔާ] އެހީއެއް ދިނުމާ ގުޅިގެންނެވެ.

އެފްއެޗްއެސްގެ ނާސިން ޑިޕާޓްމަންޓްގެ ނަން ބަދަލުކޮށް އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް ވިދާޅުވީ ޚަލީފާ ބިން ޒައިދު އަލް ނަހުޔާންގެ ފަރާތުން ދީފައިވާ 6.2 މިލިއަން ޑޮލަރުގެ އެހީގެ ޕްރޮޖެކްޓަކީ ރާއްޖޭގައި ޓެލެމެޑިސިން ގާއިމް ކުރުމަށް ލިބިފައިވާ ޕްރޮޖެކްޓެއް ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ މީހުން ބިނާ ކުރުމަށް ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ތަކެތި ހޯދުން ހިމެނޭ ކަމަށާއި އޭގެ އެއްބައި ޚަރަދު ކުރާނީ ރާއްޖެ އިން ބޭރަށް ސްޕެލަޝިޓް ޑޮކްޓަރުން ފޮނުވުމަށް ކަމަށެވެ. އަދި އަނެއްބައި ޚަރަދު ކުރާނީ ރާއްޖޭގައި ނާސިން ތަމްރީނު ކުރުމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ކަމަކަށް މިވަނީ މީހުން ބިނާ ކުރުން. މިގޮތުން އަޅުގަނޑުމެންނަށް ލިބުނު ދީލަތި އެހީއެއް 6.2 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް. މިއީ ރާއްޖޭގައި ޓެލެމެޑިސިން ތަޢާރަފް ކުރުމަށް ލިބިފައިވާ ޕްރޮޖެކްޓެއް،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ވެސް ރާއްޖޭގައި ގެންދަނީ ޓެލެމެޑިސިންގެ ކޯސްތައް ހިންގަމުން ނެވެ. އެގޮތުން ޓެލެމެޑިސިން ކިޔަވާ ކުދިންނަށް ކޮންމެ މަހަކު ޕޮކެޓް މަނީގެ ގޮތުގައި 4000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓެލެމެޑިސިންގެ ކޯސްތަކަށް ދަރިވަރުން ހޮވުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ 29 ރަށަކުންނެވެ. އަދި މާލޭގައި ހިންގާ އެ ކޯހުން ތަމްރީނު ކުރާ ދަރިވަރުން ފޮނުވުމަށް ހަމަޖެހިފައި ވަނީ އެ ރަށްތަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު