ޕްލާސްޓިކްގެ އަސަރުކޮށްފައިވާ ޗޮކުލެޓް ބާޒާރަކަށް ނުނެރެން: ވީބީ

މާސް ނެދަލޭންޑް ފެކްޓްރީގައި އުފައްދާފައިވާ ޗޮކްލެޓަކުން ޕްލާސްޓިކް އެތިކޮޅުތަކެއް ފެނުމާ ގުޅިގެން، ވިއްކުން މަނާކުރި އެއްވެސް ބާވަތެއްގެ ޗޮކުލެޓެއް ބާޒާރަށް ނެރެފައި ނުވާނެ ކަމަށް ރާއްޖެއަށް މާސް އެތެރެކުރާ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރު، ވީބީ ބްރަދާސް އިން ބުނެފި އެވެ.

ޕްލާސްޓިކް ފެނުމާ ގުޅިގެން ބާޒާރުން ނަގަމުންދަނީ 5 ޑިސެމްބަރު 2015 އާއި 16 ޖެނުއަރީ 2016 އާދެމެދު މާސް ނެދަލޭންޑު ފެކްޓްރީގައި އުފައްދާފައިވާ ބާވަތްތަކެވެ.

މާސްގެ އަމިއްލަ އިޚުތިޔާރުގެ ދަށުން އަލުން އަނބުރާ ގެންދަން ނިންމާފައި ވަނީ އެ މުއްދަތުގައި އުފައްދާފައިވާ ސެލެބްރޭޝަންސް ޗޮކްލެޓާއި، މިލްކީ ވޭ، މާސް އަދި ސްނިކާރސް ޗޮކްލެޓެވެ.

ވީބީ ބްރަދާސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ އެ ބެޗުގެ ހުރިހާ ޗޮކުލެޓެއް މިހާރު ކަރަންޓީނުކޮށްފައިވާ ކަމަށެވެ.

"އަދި ޕްލާސްޓިކްގެ އަސަރުކޮށްފައިވާ، މަރސް ޗޮކްލެޓުގެ އެއްވެސް ބާވަތެއް ވީބީ ބްރަދަރސް ގެ ފަރާތުން ރާއްޖޭގެ ބާޒާރަށް ނެރެފައި ނުވާކަން އެންމެހައި ފަރާތްތަކަށް ޔަގީންކޮށް އަރުވަމެވެ،" ވީބީގެ ބަޔާނުގައިވެ އެވެ.

ވީބީ އިން ބުނީ ޕްލާސްޓިކްގެ އަސަރުކޮށްފައިވާ މާސްގެ އުފެއްދުންތަކަކީ މަދު އަދަދެއް ކަމުގައިވީނަމަވެސް ޑިއުޓީ ފްރީތަކާއި ބައެއް އެހެނިހެން ވިޔަފާރިތަކުން އެ ބެޗުގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކޮށްފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ބޭނުންކުރުން މަނާކޮށްފައިވާ އުފެއްދުންތައް:

  • ސެލިބްރޭޝަން (މުއްދަތު ހަމަވާ ތާރީޚު: 7 އޯގަސްޓު 2016 އިން 16 އޮކްޓޯބަރު 2016)
  • ސްނިކާސް (މުއްދަތު ހަމަވާ ތާރީޚު: 3 ޖުލައި 2016 އިން 21 އޯގަސްޓު 2016)
  • މިލްކީވޭ (މުއްދަތު ހަމަވާ ތާރީޚު: 4 ސެޕްޓެމްބަރު 2016 އިން 8 ޖެނުއަރީ 2017)
  • މާސް (މުއްދަތު ހަމަވާ ތާރީޚު: 7 އޯގަސްޓު 2016 އިން 16 އޮކްޓޯބަރު 2016)
  • މިނީ މިކްސް (މުއްދަތުހަމަވާ ތާރީޚު: 10 ޖުލައި 2016 އިން 18 ސެޕްޓެމްބަރު 2016)
ގުޅޭ ޓެގު
comment ކޮމެންޓް