ހުޅުމާލޭ އެކްސިޑެންޓްގައި ޒަހަމްވި މީހާ މަރުވެއްޖެ

ހުޅުމާލޭ އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާދެނިކޮށް މަރުވެއްޖެ އެވެ.

ހުޅުމާލޭގައި ރޭ ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ޒުވާނަކު ޒަޚަމްވެ އެކެއްގެ ހާލު ވަރަށް ސީރިއަސްވެ، ފަރުވާދެނިކޮށް މަރުވީ އަބްދުﷲ ސައީދު، މ. ރިޒާމަންދު ވާދީ އެވެ. ފުލުހުން ބުނީ އޭނާ މަރުވީ ރޭ ދަންވަރު ކަމަށެވެ.

ހުޅުމާލޭގައި ރޭ އެކްސިޑެންޓްގެ ހިނގި މަންޒަރު ދުށް މީހަކު ބުނީ އެކްސިޑެންޓް ހިނގީ ހުޅުލެއަށްދާން އޮންނަ މައި މަގުން ޕިކަޕް ދަތުރުކުރަނިކޮށް އެ މަގާ ގުޅިފައިވާ ގޯޅިއަކުން ބާރު ސްޕީޑްގައި ނުކުތް ސައިކަލެއް ޖެހިގެން ކަމަށާއި އެ ހާދިސާގައި ސައިކަލް ދުއްވަން އިން ސައީދު ޕިކަޕްގެ ދަށުވެ ވަރަށް ބޮޑަށް ގެއްލުން ލިބުނު ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ޑރ. އަހުމަދު އަޝްރަފު ރޭ ވިދާޅުވީ އެކްސިޑެންޓެއްގައި ޒަހަމްވި ދެ މީހުން ރޭ ފުރަތަމަ އެ އެހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސައީދުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު