ވާރޭގައި ޖެހުމުން ކެންސަލްކުރި އަންހެނުންގެ ހިނގާލުން މިއަދު ހަވީރު

ވިއްސާރައިގައި ޖެހިގެން އިއްޔެ ކެންސަލް ކުރި، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލާ ހިނގާލުން މިއަދު ހަވީރު ބާއްވާ ގޮތަށް ހިނގުން އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފި އެވެ.

މާލޭގައި ބާއްވާ ހިނގާލުން އިންތިޒާމް ކުރަނީ ހެލްތު މިނިސްޓްރީއާއި ބައެއް އެންޖީއޯތަކުންނެވެ. އެކަމުގައި އިސްކޮށް ހަރަކާތެރިވަނީ ހެލްތު މިނިސްޓަރު ޑރ. އާމިނަތު ޖަމީލުގެ މަންފާ ސެންޓަރާއި ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ނިސްބަތްވާ ހޯޕް ފޯ ވިމެން އެވެ.

މި ހިނގާލުން ރޭވުމުގައި އިސްކޮށް ހަރަކާތެތެރިވެ ވަޑައިގަންނަނަވާ އަނީސާ ވިދާޅުވީ މިއަދު ހަވީރު 4.30 ގައި ހިނގާލުން ފަށާނީ ސޯޝަލް ސެންޓަރު ކައިރިން ކަމަށާއި ނިންމާނީ ހެދިގޮނޑުދޮށަށް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު