އަންހެނުންނަށް އަނިޔާކުރާތީ އައްޑޫގައި ވެހިކަލް ބުރެއް ބާއްވައިފި

އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅު ހަދައި އަޑު އުފުލުމަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އިއްޔެ ހަވީރު ވެހިކަލް ބުރެއް ބާއްވައިފި އެވެ.

އައްޑު އަތޮޅުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުން އިންތިޒާމްކުރި އެ ވެހިކަލް ބުރުގައި ގާތްގަނޑަކަށް 60 ވެހިކަލް ބައިވެރިވި ކަމަށް އެ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި ރިޝްމީ އާމިރު މިއަދު ވިދާޅުވި އެވެ.
ރިޝްމީ ވިދާޅުވީ ވެހިކަލް ބުރުގެ ބައިވެރިން ގައުމަށް ފޯރުކޮށްދިން މެސެޖަކީ އަންހެނުންނާމެދު މިހާރު ހިންގަމުންދާ އަނިޔާވެރި ކަންތައްތަކަށް ރައްޔިތުން ހޭލުން ތެރިވެއްޖެ ކަމުގެ މެސެޖް ކަމަށެވެ.
އިއްޔެ ހަވީރު ހިތަދޫއިން ފެށި ވެހިކަލް ބުރު އިރުއޮއްސެން ދަނިކޮށް ނިންމާލީ ފޭދޫއިންނެވެ.

އައްޑޫ ސިޓީގައި އިއްޔެ ވެހިކަލް ބުރެއް ބޭއްވިއިރު ސ. ހިތަދޫގައި އުމުރުން 74 އަހަރުގެ އަންހެނަކަށް ވަނީ ރަހުމްކުޑަ އަނިޔާވެރި ގޮތަކަށް މިދިއަ ހަފުތާގައި ޖިންސީ އަނިޔާކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު