ރައީސް ތ. އަތޮޅުގެ ތިން ރަށަކަށް ފުރާވަޑައިގެންފި

ތ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. އަތޮޅު ދިޔަމިގިއްޔާއި މަޑިފުށްޓަށާއި ވިލުފުށްޓަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު އެ ތިން ރަށަށް ވަޑައިގެން، އެ ރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށު ކައުންސިލްތަކުން، ރަށްރަށާ ގުޅޭ ކަންކަން ހިންގަމުން ގެންދާއިރު، ސަރުކާރުގެ ޕްރޮގްރާމްތަކާއި ޚިދްމަތްތައް ހިންގުމަށް ހަމަޖެހިފައި ހުންނަން ޖެހޭ އިންތިޒާމްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އެ ރަށްރަށުގައި ސަރުކާރުން ހިންގަމުން ގެންދާ އަދި، ހިންގުމަށް ހަމަޖައްސާފައިވާ ތަރައްޤީގެ ޕްރޮގްރާމްތަކާ ބެހޭ ގޮތުން ވެސް ކައުންސިލްތަކާ ހިޔާލު ބަދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން، އެ ރަށްރަށުގައި ޤާއިމްކޮށްފައި ހުރި، ތައުލީމީ، ސިއްހީ އަދި އިޖްތިމާއީ ހިދުމަތް ފޯރުވައިދިނުމުގެ ވަސީލަތްތައް ހުރި ނެތް ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު