ސެމީފައިނަލް ދެ ވަނަ މެޗްގައި ސާބިއާގެ މިލޯސް ރޯނިކްގެ މައްޗަށް ސީދާ ފަސް ސެޓުން ކާމިޔާބު ހޯދައި އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ނޯވަކް ޖޮކޮވިޗާ ދެކޮޅަށް އެންޑީ މުރޭ ކުޅެން ޖެހިއްޖެއެވެ.
މިއަދު ކުޅުނު ސެމީފައިނަލް ދެ ވަނަ މެޗްގެ ފުރަތަމަ ސެޓްތައް މުރޭ ކާމިޔާބު ކުރީ 6-4، 7-5، 7-6، 6-4، 6-2 ންނެވެ.
މެޗަށްފަހު ވާހަކަ ދައްކުމުން މުރޭ ބުނީ ތިން ވަނަ ސެޓް ވަރަށް އުނދަގޫ ވިކަމަށާއި އަދި ތިން ސެޓުން ކާމިޔާބު ކުރުމަށްފަހު ރޯނިކްގެ ގިނަ ސާވްތަކެއް ދިފާއު ކުރުމުން ޕޮއިންޓެއް ނުލިބި ގިނަ ވަގުތު ހޭދަވެގެން ދިއުމުން އުނދަގޫވި ކަމަށެވެ.
މިއަދުގެ މެޗަށް ނިކުތް އިރު ރޯނިކްއަށް ވަނީ އަނިޔާވެފައެވެ.
އިއްޔަ ސެމީފައިނަލް ފުރަތަމަ މެޗްގައި ރޮޖާ ފެޑްރާއާ ބަލިކޮށް ފައިނަލަށް ދިޔަ ޖޮކޮވިޗާ ބެހޭގޮތުން މުރޭ ބުނީ މުބާރާތް ކުޅޭ ކޯޓްގައި ޖޮކޮވިޗް ގިނަ މެޗްތަކެއް ކުޅެފައިވާ ކަމަށާއި އަދި އޭނާވެސް ޖޮކޮވިޗާ ދެކޮޅަށް ގިނަ ފަަހަރުތަކު ކުޅެފައިވުމުން ފައިނަލުގައި ތަފާތު ނަތީޖާއެއް ނިކުމެދާނެ ކަމަށެވެ.
މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މާދަމާއެވެ.