ސްރީލަންކާގެ ރައީސް ރާޖަޕަކްސާގެ ކެބިނެޓްގެ 37 މެމްބަރުން ހުވާކުރައްވައިފި

19:00


ސްރީލަންކާގެ ކެބިނެޓަށް އެގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފައިވާ 37 މެމްބަރުން މަގާމުގެ ހުވާކުރައްވައިފި އެވެ.


އަލަށް އައްޔަންކުރައްވާފައިވާ ކެބިނެޓްގެ މިނިސްޓަރުން މަގާމުގެ ހުވާ ކުރައްވާފައިވަނީ މިކަމަށްޓަކައި ވެރިރަށް ކޮލަމްބޯގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.


މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ރާޖަޕަކްސަ ވިދާޅުވީ އެގައުމުގެ މިހާރުގެ ސަރުކާރަށް ރައްޔިތުންގެ ވަރަށް ބޮޑު އިތުބާރެއް އެބައޮތްކަމަށާއި މިސަރުކާރާ މެދު ރައްޔިތުން ވަރަށް ފޮނި އުންމީދު ތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިބޭފުޅުންނަކީ ގައުމުގެ ތަރައްގީއަށް ވަރަށް މުހިންމު ބޭފުޅުންތަކެއް ކަމަށް ވިދާޅުވެ ރައްޔިތުން އެބޭފުޅުންނަށް ކުރާ އިތުބާރު ނަގާ ނުލެއްވުމަށް ވެސް ރާޖަޕަކްސަ ގޮވާލެއްވި އެވެ.


ސްރީލަންކާ ގެ ރައީސް މަހިންދަ ރާޖަޕަކްސަ ގެ ޕާޓީން ވަނީ 225 މެންބަރުން އެކުލެވޭ ގާނޫނު ހަދާ މަޖިލީހުން 144 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެޕާޓީއާ އެންމެ ގާތުން ވާދަކުރާ ޕާޓީއަށް ކާމިޔާބުކުރެވިފައި ވަނީ 60 ގޮނޑި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު