ތިނަދޫ ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް އުރީދޫ އިން ޖަނަރޭޓަރެއް ފޯރުކޮށްދެނީ

ގދ. ތިނަދޫ އިންޖީނުގޭގައި ރޭ ރޯވެ އެރަށުން ކަރަންޓު ކެނޑިފައިވާތީ ތިނަދޫ ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް އުރީދޫ އިން ޖަނަރޭޓަރެއް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ.

އުރީދޫއިން ބުނީ ތިނަދޫ އުރީދޫ ސައިޓް އޮފީހުގައި ހުރި ބެކަޕް ޖެނަރޭޓަރެއް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އުރީދޫއިން ވަނީ ތިނަދޫގެ އެކި ހިސާބުތަކުގައި ތިނަދޫ ރައްޔިތުންގެ ފޯނުތައް ޗާޖްކުރެވޭނެ ގޮތް ވެސް ހަދައިދީފައެވެ.

އުރީދޫއިން ތިނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު ދިރާގުން ވެސް އަންނަނީ އެރަށު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ނެވެ. އަދި މޯލްޑިވިއަންއާ މިފްކޯއިން ވެސް ތިނަދޫ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެކި ހިދުމަތްތައް ފޯރުކޮށްދެމުން ނެވެ.

comment ކޮމެންޓް