ހޯނޑެއްދޫ އިންޖީނުގޭގެ ކޭބަލެއްގައި ރޯވެ ރަށުން ގަޑިއެއްހާއިރަށް ކަރަންޓް ހިނގައްޖެ

ގދ. ހޯނޑެއްދޫ އިންޖީނުގޭގައި ހުރި ޕެނަލް ބޯޑަކަށް ގުޅާފައި ހުރި ކޭބަލެއް ހޫނުވެ އަލިފާން ރޯވުމާ ގުޅިގެން އެ ރަށުން ރޭ ގަޑިއެއްހާއިރަށް ކަރަންޓް ހިނގައްޖެ އެވެ.

ހޯނޑެއްދޫ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އަޝްރަފު ވިދާޅުވީ ކޭބަލްގައި ވަރަށް ގަދައަށް އަލިފާން ރޯވުމާ ގުޅިގެން ފެންޖަހައި ނިއްވާލި ކަމަށެވެ.

"ރޭ 8.15 ހާކަންހާއިރު އިންޖީނުގޭގެ ޕެނަލް ބޯޑަކަށް ގުޅާފައި ހުރި ކޭބަލެއްގައި ރޯވި. ރޯވި އަލިފާން މިހާރު ވަނީ ފެންޖަހައި ނިއްވާލާފައި. ކަރަންޓް ދިޔައީ ގަޑިއެއް ހާއިރަށް." އަޝްރަފު ވިދާޅުވި އެވެ.

ހޯނޑެއްދޫ އިންޖީނުގޭގައި ރޭ ހިނގި އަލިފާންގެ ހާދިސާއާ ބެހޭ މައުލޫމާތު ހޯދާލުމަށް އެ ރަށު އިންޖީނުގޭގެ މެނޭޖަރު އާޒިމް އަޝްރަފަށް ގުޅާލުމުން ވިދާޅުވީ މައުލޫމާތު ހޯދުމަށް އަޕާ ސައުތު ޔޫޓިލިޓީސް ކުންފުންޏާ ގުޅުމަށެވެ.

އަޕަސައުތު ޔޫޓިލިޓީސް ކުންފުނިން ބުނީ ރޭ ހޯޑެއްދޫ އިންޖީނުގޭގައި ހުރި ޕެނަލް ބޯޑަކަށް ގުޅާފައި ހުރި ކޭބަލެއްގައި ރޯވެ އެނދި ކަމަށާ އެކަމަށް މިހާރު ވަގުތީ ހައްލެއް ގެނެސްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމަށް ދާއިމީ ހައްލެއް ގެންނާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު