Dhiraagu
Dhiraagu

ނޭކުރެންދޫ އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މާލެ ގެނެސް އައިސީޔޫގައި ފަރުވާދޭން ފަށައިފި

ހދ. ނޭކުރެންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މާލެ ގެނެސް، އައިޖީއެމްޗްގެ އައިސީއޫގައި ފަރުވާދޭން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ނޭކުރެންދޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަން ޒަހަމްވެފައިވާ އެ ރަށު ބިލަމަގުމާގެ، ހަސަން އަބްދުލް ލަތީފު، 23، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިމުމަށް ފަހު އިމެޖެންސީގައި މާލެ ގެނެއީ އިއްޔެ ހެނދުނު އެވެ.

ހަސަންގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ، އެކްސިޑެންގައި ޕިކަޕާއި ސައިކަލް ޖެހުނު ބާރު މިނުގައި އޭނާ ވިއްސައިގެން ގޮސް ޕިކަޕްގެ ދަށަށް ދިއުމުގެ ސަބަބުން ބޮލުގެ ނާށިގަނޑުގައި ރެނދުލާފައިވާ ކަމަށެވެ. އަދި ހަސަންގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބޮޑެތި ޒަހަހަމާއި އަނިޔާ ލިބިފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ އާއިލާ އިން ބުންޏެވެ.

"ބޮލުގެ ނިއްކުރި އާއި ފައިން މަށާއިގެން ގޮސްފައި ވަނީ. އަދި ބޮލުގެ ކަނާތް ފަރާތުގެ ލޮލުގެ މަތިން ނާށިގަނޑުގައި ރެނދުލާފައިވާ ކަމަށް ޑޮކްޓަރުން ބުނަނީ." އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ ހަސަން މާލެ ގެނެސް އައިޖީއެމްއެޗު ހޮސްޕިޓަލުން ފަރުވާދޭން ފެށުމުން އޭނާގެ ހާލު ކޮންމެވެސް ވަރަކަށް ރަގަނޅު ވަމުން އަންނަ ކަމަށެވެ.

ގައުމީ ޔުނިވާސިޓީން ސެކަންޓަރީ ޓީޗިން ކޯހެއް ފުރިހަމަ ކުރުމަށް ފަހު ރަށަށް ދިޔަތާ ހަފްތާއެއް ނުވަނީސް އެކްސިޑެންޓެއްގައި ޒަހަމްވެ އައިޖީއެމްއެޗްގެ އައިސީޔޫ އިން ފަރުވާ ހޯދަމުންދާ ހަސަންގެ އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ގުޅޭ ޓެގު
Redstar
comment ކޮމެންޓް

comment އަންދު

1 decade 4 year ago

މާތްﷲ ހަސަން އަށް އަވަސް ޝިފާއެއް ލައްވާށި. އާމީން

comment އަހުމަދު

1 decade 4 year ago

ހަސަންއަށް އަވަސް ސިފާއަކަށް އެދެން. މާތްﷲ ފުރިހަމަ ސިފާއެއް ދެއްވާށި. ޢާމީން

comment ޢަލީ އަޙްސަން

1 decade 4 year ago

އަވަސް ޝިފާއަކަށް އެދެން

comment އަލީ

1 decade 4 year ago

ތަސްވީރުން ފެންނަ ގޮތުގައި ، ހަސަންގެ ، ކަނާއަތު ލޮލުގަ ، މައްސަލައެއް ހުރިކަމަށް ފާހަގަކުރެވޭ، އެފަދަ ކަމެއްހުރިނަމަ، ދެލޮލުން ހަމައަށް ނުފެންނަނަމަ، ދުރުމިން ވަޒަންނުކުރެވޭނެ، ވީމާ އެފަދަ ނުކުޅެދުންތެރިކަމެއް ހުންނަމީހަކު ދުއްވާއެއްޗެހި ދުއްވުމަކީ ރައްކާތެރިކަމެއްނޫން، މިފަދަ ހާދިޝާތަކުން އިބްރަތް ހާސިލްކޮށް، ރައްކާތެރިވުމަކީ މުހިންމުކަމެއް،\nހަސަން ގެ އާއިލާއަށް ކެއްތެރިކަންދެއްވާ، ހަސަން އަށް އަވަސް ޝިފާއަކަށް އެދެން

comment ރައްޔިތުމީހާ

1 decade 4 year ago

އަވަސް ޝިފާއަކަށް އެދެން. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

comment ގަރުބަޗޯފް

1 decade 4 year ago

މާތްﷲ އޭނާއަށް އަވަސް ޝިފާއެއް ލައްވާށި. އާމީން

comment މޫސާ މާހިރު

1 decade 4 year ago

ހަސަނަކީ ވަރަށް އަޚުލާޤު ރަނގަޅު ދީނަށް ލޯބިކުރާ ރަޙުމަތްތެރިންނަށް ވަރަށް އޯގާތެރި ކުއްޖެއް. \nނެތްކަމެއް ތަޤުދީރުގައި ވާކަށް ނުވެސް އޮންނާނެޔޭ\n އެއްކަމެއް ވެސް ނުހިނގައޭ ތަދުބީރު ކުރެހި ޕްލޭނަކުން\nމާތް ﷲ ޙަސަނަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވާށިއެވެ. އާމީން

comment ނޙ

1 decade 4 year ago

ޙަސަން އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. ޢާމީން.

comment މޯޑް

1 decade 4 year ago

އޭނާ ރަށަށް ދިޔަތާ ހަފްތާއަކަށް ވުރެ ގިނަދުވަސް ވެއްޖެ. އަހަރެންނަކީ އޭނަ ވަރަށް ރަނގަޅަށް ދަންނަ މީހެއް. ރަނގަޅަށް ސާފުކުރުމަށްފަހު ހަބަރު ލިޔުން ރަނގަޅުވާނެ.

comment އައިޖީއެމް ހޮސްޕިޓަލް

1 decade 4 year ago

\"އައިޖީއެމްއެޗު ހޮސްޕިޓަލުން\" އޮތީމަ ކަމަކު ނުދޭ. ރަނގަޅު ގޮތަކީ އައިޖީއެމް ހޮސްޕިޓަލުން

comment އައިޖީއެމް ހޮސްޕިޓަލް

1 decade 4 year ago

\"އައިޖީއެމްއެޗު ހޮސްޕިޓަލުން\" އޮތީމަ ކަމަކު ނުދޭ. ރަނގަޅު ގޮތަކީ އައިޖީއެމް ހޮސްޕިޓަލުން

comment އައްޑޫ ކަލޯ

1 decade 4 year ago

ގެޓްވެލް ސޫން ބްރޯ....

comment ހަސަން ސުޖާން

1 decade 4 year ago

ަހަސަން އަވަހަށް ރަގަޅުވުމަކީ ރަށު ހުރިހާ ރައްޔިތުންގެ ދުއާ.

comment ނޭކުރެންދޫ ރައްޔިތެއް

1 decade 4 year ago

ރަނގަޅަށް މަޢުލޫމާތު ހޯދައިގެން ޞައްޙަ މަޢުލޫމާތު ޖެއްސެވުން އެދެން. ހަސަން ކޯސްހެދުމަށްފަހު ނޭކުރެންދޫ މަދަރުސާގައި މަސައްކަތްކުރާތާ 3 މަހާ އެތައް ދުވަހެއްވެދާނެ. ހަސަނަށް އަވަސް ޝިފާއަކަށް އެދެން.

comment ޙަބީ

1 decade 4 year ago

ޙަސަން އަށް އަވަސް ޝިފާއަކަށް އެދެން....

comment މަގޭ

1 decade 4 year ago

ހަސަން އަށް އަވަސް ޝިފާއަކަށް އެދެން. އާމީން

comment މާމަ

1 decade 4 year ago

ފުލުހުންނަށް ވާނީ އަބަދުވެސް ތަހްގީގް ކުރާވަރު،.... ނިމޭތަނެއްނާދޭ...............

reply އިސްމާއިލް އަހްމަދު

1 decade 4 year ago

ނިންމާ ކޮންމެ ތަޙްޤީގެއްގެ ވާހަކަ ޙަބަރުތަކުގަ ހިމަނާނަމަ ދޯ ތިކަން އިނގޭނީ.....

comment މަރީ

1 decade 4 year ago

ކޮންމެ ދުއްވާ އެއްޗެއްގެ ފަހަތުގައި ފުލުހެއް

reply މޭރީ

1 decade 4 year ago

މަރީއަށް އެހެންއެއްޗެއް ލިޔަން ނޭގެނީހެން ހީވަނީ

reply މޯޑް

1 decade 4 year ago

އެހެންނުވާނީ 30 އަހަރު ވައްދެއް މީވިއްޔަ ދަސްކޮށްދިން ކަމަކީ

reply ބޮޑުބެ

1 decade 4 year ago

މަރީ. މީހަކަށް ދެރަކަމެއް ދިމާވީމަވެސް މަލާމާތް ކުރެވޭތޯ ބަލާތި.

reply ބަކޯ

1 decade 4 year ago

މަށަށް މިހާރު މި ޑައިލޮގް ވަރަށް ހަބޭސް ވެއްޖެ

comment

1 decade 4 year ago

i knw this Guy

comment ފުލިދޫ

1 decade 4 year ago

މީނާ އަކީ ސަންއެފް އެމް ގެ އެކައުންޓް އެސިސްޓެންޓެއްގެ ގޮތުގައި ވަރަށް ވަފާތެރި ކަމާއެކު މަސައްކަތް ކުރި ވަރަށް އަޚުލާގު ރަނގަޅު ކުއްޖެއް، ހަބަރުގައި މިވާހަކަ ހިމަނާލިނަމަ

reply އިބުރާ

1 decade 4 year ago

މީހެއްގެ ގޯސް ވާހަކައެއް ނަމަ އެވާހަކަ ވެސް ހިމަނައިލައިފަ އޮންނާނީ. ރަގަޅުކަމެއްގެ ވާހަކަ ވީމަ ފަރުވާކުޑަކޮށްލެވެނީ\nހަސަން އަށް އަވަސް ޝިފާއަކަށް އެދެން.

Treetop Hospital
ގުޅޭ ޚަބަރު
ގުޅޭ ޓެގު