އ.ދ ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ އިންތިހާބް ރާއްޖެ އަށް ކާމިޔާބުކުރެވޭނެ: ޑރ. ޝަހީދު

10:00


އ.ދގެ ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިހާބުގެ ރޭހުގައި އޭޝިޔާގެ ނުފޫޒުގަދަ ގައުމުތަކަކާއެކު ވާދަކުރަމުން އަންނަ ރާއްޖެއެއަށް އެ އިންތިހާބު ކާމިޔާބުކުރެވޭނެކަން ކަށަވަރުވެފައިވާ ކަމުގައި ފޮރިން މިނިސްޓަރ ވިދާޅުވެއްޖެ އެވެ.


ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، އ.ދ ގެ ދެވަނައަށް އެންމެ ނުފޫޒުގަދަ ކައުންސިލްގެ ގޮތުގައި ބެލެވޭ ހިއުމަން ރައިޓްސް ކައުންސިލުގެ އޭޝިޔާ ސަރަހައްދަށް ކަނޑައަޅާފައިވާ ހަތަރު ގޮނޑީގެ ތެރެއިން ގޮނޑިއެއް ރާއްޖެއަށް ކަށަވަރުވެފައި މިވަނީ މި ސަރަހައްދުތަކުގެ މުއްސަނދި ގައުމުތަކާއެކު ވާދަކޮށްގެން ކަމަށެވެ. އެގައުމުތަކުގެ ތެރޭގައި މެލޭޝިޔާއާއި، ތައިލެންޑާއި، ގަތަރުގެ އިތުރުން އީރާން ހިމެނޭ ކަމަށް ޑރ.ޝަހީދު ވިދާޅުވި އެވެ.


ޑރ.ޝަހީދު ވިދާޅުވީ އެ ކައުންސިލްގެ އޭޝިޔާގެ ހަތަރު ގޮނޑިއަށް ފަސް ގައުމަކުން ވާދަކުރަމުން އައިއިރު، ރާއްޖެއަކީ ފަގީރު އަދި ކުޑަ ގައުމަކަށް ވާތީ އިންތިހާބުން ފެއިލްވާނެ ފަސް ވަނަ ގައުމަކީ ރާއްޖެ ކަމަށް އެންމެންވެސް ދުށް ކަމަށެވެ. އެހެންނަމަވެސް، އަންނަ މެއި މަހުގެ 13 ވަނަ ދުވަހު ކައުސިލްގެ އިންތިހާބު ބޭއްވުމަށް ކައިރިވެފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ގޮނޑި ކާމިޔާބުވީ އިންތިހާބުގެ ރޭހުން އީރާން ވަކިވުމުން ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. އަދި ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިހާބުން އީރާން ވަކިވީ، އެ އިންތިހާބު ކާމިޔާބު ކުރުމަށް ރާއްޖެއިން ކުރަމުން އައި ބާރުގަދަ ކެމްޕޭނުގެ ސަބަބުން ރާއްޖެއަށް ކާމިޔާބީ ލިބޭނެކަން އީރާނުގެ ސަރުކާރަށް ޔަގީންވުމުން ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު