ގަދަކަމުން ބަދުއަހުލާގި އަމަލު ހިންގި މައްސަލައަކާއި ގުޅިގެން ފުލުހުން މީހަކު ހޯދަން ފަށައިފި އެވެ.
އެ މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ބ. ހިތާދޫ/ ޕެންޒީ، މުޙައްމަދު ޔޫސުފް (20އ) އެވެ.
އޭނާ އަކީ މީގެ ކުރިން ވެސް ހޯދަން އިއުލާން ކޮށްފައިވާ މީހެކެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުވެސް މުހައްމަދު ޔޫސުފް ހޯދަން ފުލުހުން ވަނީ އިއުލާން ކޮށްފަ އެވެ.
އޭނާ އާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ އެމައުލޫމާތެއް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.