ސަންގެ ހާއްސަ ޓީމެއް ސާފު ސުޒުކީ ކަޕަށް އިންޑިއާއަށް

ސާފު ސުޒުކީ ކަޕް ކަވަރު ކުރުމަށް ޓްރިވެންޑްރަމަށްފުރި ސަންގެ ޑެޕިއުޓީ އެޑިޓަރު އަޙްމަދު މުޖުތަބާ (މެދު) އަދި ކުޅިވަރު ނޫސްވެރިޔާ ހުސައިން ހަބީބު (ކ) އަދި ފޮޓޯ ގްރާފަރު ފަޔާޒު މޫސާ --- ސަން ފޮޓޯ

ސަރަހައްދުގެ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް، ސާފު ސުޒުކީ ކަޕްގެ ކަވަރޭޖަށް ސަން އޮންލައިގެން ޚާއްސަ ޓީމެއް އިންޑިއާއަށް މިރޭ ފުރައިފި އެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި މާދަމާ ފަށާ ސާފު ސުޒުކީ ކަޕްގެ ކަވަރޭޖަށް އިންޑިއާއަށް މިރޭ ފުރީ ސަން އޮންލައިގެން ޑެޕިއުޓީ އެޑިޓަރު އަހުމަދު މުޖުތަބާ އާއި ސަންގެ ކުޅިވަރު ނޫސްވެރިޔާ ހުސައިން ހަބީބު އަދި ފޮޓޯގްރާފަރު ފަޔާޒު މޫސާ އެވެ. އެ ތިން ނޫސްވެރިން ވެސް ފުރީ މިރޭ ގައުމީ ޓީމާ އެކުއެވެ.

ސަން އިން ގެނެސްދޭ ސާފު ސުޒުކީ ކަޕްގެ ޚާއްސަ ކަވަރޭޖުގައި ޓްރިވެންޑްރަމް ގައި ތިބޭ ސަންގެ ނޫސްވެރިންގެ އިތުރުން މާލޭގައި ތިބޭ ނޫސްވެރިން ވެސް މުބާރާތުގެ ޚަބަރާއި ރިޕޯޓުތައް ތާޒާކަމާއެކު ސަންގެ ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމުގައި ބައިވެރިވާނެ އެވެ. ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ސިޓީ، ޓްރިވެންޑްރަމްގައި ތިބި ދިވެހި ސަޕޯޓަރުންނާ ގުޅޭ ފީޗާ ރިޕޯޓްތައް ވެސް ސަންގެ މި ކަވަރޭޖުގައި ގެނެސްދޭނެ އެވެ. އަދި ޓީމާ ގުޅޭ އެހެން ވާހަކަ ތައް ވެސް ގެނެސްދޭނެ އެވެ.

ސާފު ސުޒުކީ ކަޕަށް ޚާއްސަކޮށްގެން "ސަން"އިން އިއްޔެ ވަނީ ޚާއްސަ ޕޭޖެއް ތައާރަފްކޮށްފަ އެވެ. އެ ޕޭޖު މެދުވެރިކޮށް، މުބާރާތުގެ ހަބަރާއި ރިޕޯޓުތަކާއި ފޮޓޯތަކާއެކު، ޓީމުތަކުގެ މައުލޫމާތައް އެއްތަނަކުން ފެންނާނެ އެވެ.

ސާފު ސުޒުކީ ކަޕްގެ ސަން ކަވަރޭޖުގެ މިފަހަރުގެ މެއިން ސްޕޮންސާ އަކީ އެމްޓީސީސީ އެވެ. ޓެލެކޮމް ޕާޓްނަރަކީ އުރީދޫ އެވެ. ކަވަރޭޖުގެ ޓްރެވެލް ޕާޓްނަރަކީ ގައުމީ އެއާލައިން މޯލްޑިވިއަންއެވެ.

comment ކޮމެންޓް