އައްޑޫ ސިޓީގެ ގުޅިފައިވާ ފަސް ރަށުން އަނެއްކާވެސް ކަރަންޓް ކެނޑިއްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ ފަސް ރަށުގެ ކަރަންޓަށް ދިމާވި ބޮޑު މައްސަލަ ހައްލުކުރިތާ ހަފުތާއެއް ނުވަނީސް މިއަދު ވެސް އެ ފަސްރަށުން ކަރަންޓް ކެނޑިއްޖެ އެވެ.

އައްޑޫ ސިޓީގެ މޭޔަރު ޢަބުދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވީ ގުޅިފައިވާ ފަސް ރަށުގެ ބޮޑު ބަޔަކުން މިއަދު މެންދުރު ކަރަންޓް ދިޔައީ ހައިވޯލްޓޭޖް ގްރިޑަށް ކަރަންޓްދޭ ޓްރާންސްފޯމަރަށް އެކަށީގެންވާ ވަރަށް ވުރެ މަތީ ކަރަންޓެއް ބޭނުން ކުރެވިގެން ކަމަށެވެ.

ސޯބެ ވިދާޅުވީ މިއަދު ކަރަންޓް ދިޔައީ ފަސްރަށުން އެކުގައިކަން ނުވަތަ ނޫންކަން އަދި އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ބޮޑު ސަރަހައްދަކަށް އަލުން ކަރަންޓް އަލުން ލިބިފައިވާ ކަމަށެވެ.

"މިއަދު ކަރަންޓް ދިޔައީ އެހާ ގިނަ ވަގުތުތަކަށް ނޫން. މިހާރު ވަނީ ބައެއް ސަރަހައްދުތަކަށް ކަރަންޓް އައިސްފައި،" ސޯބެ ވިދާޅުވިއެވެ.

އައްޑޫ ސިޓީން މިއަދު ކަރަންޓް ކެނޑުނީ ކޮން މައްސަލައަކާ ގުޅިގެންތޯ ބެލުމަށް އެސިޓީއަށް ކަރަންޓްގެ ހިދުމަތް ދޭ ސަދަން ޔޫޓިލިޓީސްގެ ޗެއާމަން އަށް ގުޅަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު