ހިލަރީގެ މެއިލްގެ ތެރެއިން ދެ "ޓޮޕް ސީކްރެޓް" މެއިލް ފެނިފައިވޭ: ފޮކްސް ނިއުސް

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިިލަރީ ކްލިންޓަން--- ފޮޓޯ: ޓައިމްސް

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިިލަރީ ކްލިންޓަންގެ މަސައްކަތުގެ މެއިލް އިން ފެނިފައިވާ ކްލެސިފައި ކޮށްފައިވާ މެއިލްތަކުން ދެ މެއިލް އަކީ "ޓޮޕް ސީކްރެޓް" މެއިލް ކަމަށް ފޮކްސް ނިއުސް އިން ބުނެފި އެވެ.

އެމެރިކާގެ ނޫސް އޭޖެންސީއެއް ކަަމަށްވާ ފޮކްސް ނިއުސް އިން ބުނެފައިވަނީ އެފަރާތްތަކަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން ހާމަވާ ގޮތުގައި ކްލިންޓަންގެ ސާވާއިން ފެނިފައިވާ އެ މެއިލް އަކީ ބަލާ ފާސްކޮށްފައިވާ މައްސަލައެއް ކަމެއް އަދި ޔަގީން ނުވާ ކަމަށެވެ.

ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) އާއި ނޭޝަނަލް ޖިއޯސްޕޭޝިއަލް އޭޖެންސީ (އެންޖީއޭ) އެ މެއިލްތައް "ހޭންޑަލް" ކުރާނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮކްސް ނިއުސް އިން ވަނީ ބުނެފައެވެ.

ކްލެސިފައި ކޮށްފައިވާ އެ ދެ މެއިލްގައި ވަނީ ކޮރިއަން މިސައިލްތަކާ ގުޅޭ މައްސަލައަކާއި ޑްރޯންގެ ހަމަލާއަކާ ގުޅޭ މައްސަލައެއް ކަމަށް ފޮކްސް ނިއުސް އިން ވަނީ ބުނެފައެވެ.

ސީއައިއޭ އާއި އެންޖީއޭ އަށް ކްލިންޓަންގެ ސާވާއިން ފެނުނު މައުލޫމާތުތައް ވަނީ މިހާރު ސްޓޭޓް ޑިޕާޓްމެންޓަށް ފޮނުވާފާއި ކަމަށްވެސް ފޮކްސް ނިއުސް އިން ވަނީ ބުނެފައެވެ.

ކްލިންޓަންގެ މަސައްކަތުގެ މެއިލް އިން ފޮނުވާފައިވާ ޕްރައިވެޓް މެއިލްތަކުގެ ދެވަނަ ބެޗު އާންމުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގައެވެ. އޭގެތެރޭގައި 150 ކްލެސިފައި ކޮށްފައިވާ މެއިލް ހުއްޓެވެ.

comment ކޮމެންޓް