ދިރާގު ކަސްޓަމާ ސާވިސް ސެންޓަރު، ހެޑް އޮފީހަށް ބަދަލުކޮށްފި

. ދިރާގު ކަސްޓަމާ ސާވިސް ސެންޓަރު: އެ ސެންޓަރުން ދެމުން ގެންދިޔަ ހިދުމަތް އަލުން ދޭން ފަށާނީ އަންނަ އާދީއްތަ ދުވަހު--

ޗާންދަނީ މަގާއި މެދުޒިޔާރަތް މަގާ ގުޅޭ ކަންމަތީގައި ހުންނަ ހުންނަ ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރު ބަންދުކޮށް، އެ ސެންޓަރުގެ ޚިދުމަތްތައް ދިރާގު ހެޑް އޮފީހަށް ބަދަލުކޮށްފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ދިރާގުގެ މާކެޓިން މެނޭޖަރު ނައުޝާދު ވިދާޅުވީ، މި އަހަރުގެ ނިޔަލަށް ކަސްޓަމާ ސާވިސް ސެންޓަރ ދިރާގު ހެޑް އޮފީހަށް ބަދަލު ކުރުމަށް ކުރިން ވެސް ނިންމާފައިވާ ކަމަށެވެ.

"އޭގެ އިތުރަށް އަޅުގަނޑުމެންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީވެސް އެއް ބޭނުން،" ނައުޝާދު ވިދާޅުވިއެވެ.

ސާވިސް ސެންޓަރުގެ ހިދުމަތްތައް ހެޑް އޮފީހަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، މި ރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ސެންޓަރުން ހިދުމަތް ދިނުން ހުއްޓާލާނެ އެވެ.

އެއަށްފަހު އާދީއްތަ ދުވަހުން ފެށިގެން، އެ ސެންޓަރުގެ ހުރިހާ ހިދުމަތެއް ހެޑް އޮފީހުން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. ނައުޝާދު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެ ކަމަށާއި، ދިރާގުގެ ޕާޓްނާ ޝޮޕް ތަކުން ހިދުމަތް ލިބޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ވެސް ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް