އަތޮޅު ލީގު ޗެމްޕިއަންކަން ހޮޅުދޫއަށް ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ސްޓޭޓިކަށް

އަތޮލު ޅިގު ބެޑްމިންޓަން މުބާާރާތުގެ ޗެމްޕިއަންކަން ހޯދި ހޮޅުދޫގެ ޓީމް --- ފޮޓޯ/ ބެޑްމިންޓަން އެސސޯސިއޭޝަން

ފައިނަލްގައި އައްޑޫ ސިޓީގެ މައްޗަށް ތިން ގޭމް އެއް ގޭމުން ކުރިހޯދައި އަށް ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ހޮޅުދޫ ބީޑީސީއިން ހޯދައިފިއެވެ.

އަދި ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ފައިނަލް މެޗްގައި މޯލްޑިވްސް މީޑިއާ ކުލަބުގެ މައްޗަށް ސީދާ ތިން ގޭމުން ކުރިހޯދައި ސްޓޭޓިކް ކުލަބު ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

ހަ ޓީމް ވާދަ ކުރި އަތޮޅު ލީގުގެ ފައިނަލްގައި ފުރަތަމަ ގޭމް ކާމިޔާބު ކުރީ އައްޑޫ ސިޓީގެ ޓީމެވެ.

އެގޮތުން ފުރަތަމަ ސިންގަލްސްގައި އައްޑޫގެ އިބްރާހިމް ނަޝީދާ ހޮޅުދޫގެ އަބްދުﷲ މުތީއު ބައްދަލު ކުރި ގޭމްގެ ފުރަތަމަ ސެޓް މުތީއު ކަމިޔާބު ކުރީ 21-17 އިން ކާމިޔާބުކޮށްފައި ވަނިކޮށް ފަހު ދެ ސެޓް ނަޝީދު ކާމިޔާބު ކުރީ 21-16 އިންނެވެ.

ދެ ވަނަ ސިންގަލްސް ގޭމްސަގައި ހޮޅުދޫގެ އަހްމަދު ހުނައިފް ވަނީ އައްޑޫގެ އިބްރާހިމް މުހައްމަދުގެ މައްޗަށް ސީދާ ދެ ސެޓުން ކާމިޔާބު ހޯދާފައެވެ.

ފުރަތަމަ ސެޓް 21-18 އިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔާބު ކުރީ 21-19 އިންނެވެ.

ފުރަތަމަ ޑަބަލްސް ގޭމްސްގައި ހޮޅުދޫއިން ހުނައިފްއާއި މުމްތާޒް އިބްރާހިމްގެ ޕެއާ ވަނީ އައްޑޫގެ އަޙްމަދު މުނީޒްއާއި މުޙައްމަދު އިނާންގެ ޕެއާގެ މައްޗަށް ސީދާ ދެ ސެޓުން ކާމިޔާބު ހޯދާފައެވެ.

ފުރަތަމަ ސެޓް 21-9 އިން ކާމިޔަބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔަބު ކުރީ 21-11 އިންނެވެ.

ދެ ވަނަ ޑަބަލްސް ގޭމްސްގައި އައްޑޫގެ ނަޝީދުއާއި އަހްމަދު މުނާޒުގެ ޕެއާއާ ހޮޅުދޫގެ މުތީއުއާއި އިބްރާހިމް އުނައިޝްގެ ޕެއާ ވާދަކޮށް ކާމިޔަބު ކުރީ މުތީއުއާއި އިބްރާހިމް އުނައިޝްގެ ޕެއާއެވެ.

ފުރަތަމަ ސެޓް 21-8 ން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔަބު ކޮށްފައިވަނީ 21-17 އިންނެވެ.

ދެ ވަނަ ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ސިންގަލްސްގައި ސްޓެޓިކްގެ އާސިފް އާދަމް މަނިކު ވަނީ މީޑީއާ ކުލަބުގެ ޝަހްލާން ފަތުހީގެ މައްޗަށް ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފައެވެ.

ފުރަތަމަ ސެޓް 21-12 އިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔަބުކޮށްފައިވަނީ 21-10 ންނެވެ.

ދެވަނަ ސިންގަލްސްގައި ސްޓޭޓިކްގެ ބިދޭސީ ކުޅުންތެރިޔާ ތޯމަސް އެންތޮނީ ވަނީ މީޑިއާ ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ޝަތަރުސަންގެ މައްޗަށް ދެ ސެޓް އެއް ސެޓުން ކާމިޔަބު ހޯދާފައެވެ.

ފުރަތަމަ ސެޓް 21-11 އިން ތޯމަސް ކާމިޔަބު ކުރިއިރު ދެ ވަނަ ސެޓް ޝަރުތަސަން ކާމިޔާބު ކުރީ 21-17 އިންނެވެ. އަދި ގޭމުން މޮޅުވި ސެޓް އެންތޮނީ ކާމިޔާބު ކުރީ 22-20 ންނެވެ

ގައުމީ މުބާރަތާއި އަތޮޅު ލީގް މުބާރާ ރޭ ނިމިފައިވާއިރު، ރޭ ވނީ މި ދެ މުބަރާތުގެ އެކި ކެޓަގަރީއން ވަނަވަނައަށް ފަރާތްކަށް އިނާމު ދިފައެވެ.

comment ކޮމެންޓް