ފައިނަލްގައި ތިން ގޭމް ދެ ގޭމުން ކުލަބު އީގަލްސްގެ މައްޗަށް ކުރިހޯދައި 42 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ޗެމްޕިއަންކަން އޮފްއެފްސީ ހޯދައިފިއެވެ.
ބެޑްމިންޓަން ހޯލްގައި ރޭކުޅުނު ފައިނަލް އިވެންޓްގައި އީގަލްސްގެ މައިސާ ފަތުހުﷲ (މައި) ވަނީ އޮފްއެފްސީގެ އައިޝަތު އަފްނާން ރަޝީދުގެ މައްޗަށް ތިން ސެޓް އެއް ސެޓުން ކާމިޔަބު ހޯދާފައެވެ.
އެގޮތުން ފުރަތަމަ ސެޓް މައި ކާމިޔާބު ކުރީ 21-16އިންނެވެ. ދެ ވަނަ ސެޓް އަފްނާން ކަމިޔާބު ކުރީ 21-11 އިންނެވެ.
އަދި ތިން ވަނަ ސެޓް މައި ކާމިޔާބު ކުރީ 21-19 އިންނެވެ.
ދެ ވަނަ ސިންގަލްސް ގޭމް އެފްއެފްސީގެ ޝިފްނާ ޙުސައިން ކާމިޔާބުކުރީ އީގަލްސްގެ އާސިމާ މުޙައްމަދުގެ މައްޗަށް ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.
ފުރަތަމަ ސެޓާއި ދެ ވަނަ ސެޓްވެސް ޝިފްނާ ކާމިޔާބު ކުރީ 21-8 ންނެވެ.
ތިން ވަނަ ސިންގަލްސް ގޭމް އީގަލްސްގެ ރާބިއާ ނައީމް ކާމިޔާބު ކުރީ އޮފްއެފްސީގެ އާމިނަތު އިރުފާގެ މައްޗަށް ތިން ސެޓް އެއް ސެޓުން ކުރި ހޯދައިގެންނެވެ.
އެގޮތުން ފުރަތަމަ ސެޓް އިރުފާ ކާމިޔާބު ކުރީ 21-18 އިންނެވެ. ދެ ވަނަ ސެޓް ރާބިއާ ކާމިޔަބު ކުރީ 21-14 އިންނެވެ. އަދި ތިން ވަނަ ސެޓް 21-11 އިންނެވެ.
ޑަބަލްސް ފުރަތަމަ ގޭމުގައި އީގަލްސްގެ ރާބިއާއާއި މައިގެ ޕެއާގެ މައްޗަށް ސީދާ ދެ ސެޓުން ކާމިޔާބު ހޯދީ އޮފްއެފްސީގެ އަފްނާންއާއި ޙައްވާ ޝުހާގެ ޕެއާއެވެ.
އެގޮތުން ފުރަތަމަ ސެޓް 21-15 އިން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔަބު ކުރީ 22-20 ންނެވެ.
ދެ ވަނަ ޑަބަލްސްގައިވެސް އޮފްއެފްސީގެ ޝިފްނާއާއި ޝަންނަ މަހްރީންގެ ޕެއާ ވަނީ އީގަލްސްގެ އާސިމާއާއި ނާޒިމާ މުހައްމަދުގެ ޕެއާގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދާފައެވެ.
ފުރަތަމަ ސެޓް 21-9 ން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔާބު ކުރީ 21-11 އިންނެވެ.
މުބާރާތުގެ ވަނަ ވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
މިއަދު ހަވީރު އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ފައިނަލްގައި ބައްދަލު ކުރާނީ ހޮޅުދޫއާއި އައްޑޫ ސިޓީއެވެ.
މިރޭ ކުޅޭ ދެ ވަނަ ޑިވިޝަންގެ ފިރިހެން ފައިނަލްގައި ބައްދަލު ކުރާނީ ސްޓްޓިކްއާ އެމްއެމްސީއެވެ.