އެލިއާ އާއި ކުވޭތު އިމާމެއްގެ އެހީއާއެކު ކެޔޮދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ކެޔޮދޫގައި މިއަދު ހުޅުވި މިސްކިތް: އެ މިސްކިތުގައި 600 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެލިއާ ކޮންސްޓްރަކްޝަން އަދި ކުވޭތު އިމާމެއްގެ އެހީއާ އެކު ވ. ކެޔޮދޫގައި ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.

ކެޔޮދޫގައި މިއަދު މަސްޖިދުލް ޒައިދު ބިން ޘާބިތު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި ކުވޭތުގެ އިމާމާއި ކުވޭތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރު ހަލަފް ބޫ ދުހައިރާގެ އިތުރުން އެލިއާގެ އެގްޒެކިއުޓިކް ޑިރެކްޓަރު އާލާއު އަލީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިއަދު ހުޅުވި މިސްކިތް ބިނާކުރުމަށް އެލިއާގެ ފަރާތުން ވަނީ 1.8 މިލިއަން ދިވެހި ރުފިޔާ ސަރުކާރަށް ހަދިޔާކޮށްފައެވެ. އޭގެ އިތުރުން އެ މިސްކިތް ބިނާކުރުމަށް ކުވޭތުގެ ސެންޓްރަލް މިސްކިތުގެ އިމާމު ޝައިޚް އީސާ އަލް އީސާ ވަނީ ދިވެހި ސަރުކާރަށް ތިން ލައްކަ އެމެރިކާ ޑޮލަރުގެ ފައިސާގެ އެހީ ފޯރުކޮށްދެއްވާފައެވެ.

މިސްކިތް ބިނާކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ބިންގާ އެޅުނު އެ މިސްކިތަކީ 600 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް