ރައީސް މައުމޫން މާލެވަޑައިގެންފި

ރައީސް މައުމޫން މީހަކާ ސަލާމް ކުރައްވަނީ --

އިންޑިއާގެ ކުރީގެ ރައީސް ޑޮކްޓަރު އޭޕީޖޭ އަބްދުލްކަލާމުގެ ހަނދާނުގައި އިންތިޒާމު ކުރި ބަހުސު މުބާރާތް (ސިމްޕްރެސް)ގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްގައްޔޫމް އިއްޔެ މާލެ ވަޑައިގެންފި އެވެ.

އިންޑިއާގެ ގާޑުން ސިޓީ ކޮލެޖާއި އިންޑިއާގެ ޖައްވީ ކަންތައްތަކާ ބެހޭ ޖަމިއްޔާ އިސްރޯ އާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ ކުރީގެ ރައީސް ޑޮކްޓަރު ޢަބްދުލްކަލާމްގެ އަގުހުރި ގިނަގުނަ ޚިދުމަތްތަކުގެ މައްޗަށް ބައްލަވައިލައްވަމުން މައިގަނޑު ގޮތެއްގައި އެމަނިކުފާނުގެ ވާހަކަފުޅު ބިނާކުރައްވާފައި ވަނީ ދުނިޔޭގައި ޞުލްޙަ ގާއިމުކުރުމަށް ކުރެވިދާނޭ ކަންކަމާ ބެހޭ ގޮތުންނެވެ. އަދި އިސްލާމްދީނުގައި ހައްދަފަހަނައަޅައި ދިއުމެއް ނޯންނަ ކަމަށާއި ދީނުގައި ޞުލްޙައަށް ދެއްވާފައިވާ އަހަންމިއްޔަތު ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު