ކޮންމެވެސް ދުވަހަކުން ރެއާލް މެޑްރިޑަށް އެންބުރި ދާނެ ކަމަށް އެ ކުލަބުގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭސް ބުނެފިއެވެ.
އޭނާ ކުޅުން ހުއްޓާލި ސަބަބުތަކާ ބެހޭގޮތުން މީޑިއާއާ ވާހަކަ ދެއްކުމަށް ނިއުޔޯކްގައި ބޭއްވި ނިއުސްކޮންފަރެންސްގައި ރައުލް ބުނީ، ކައިރި މުސްތަގުބަލެއްގައި އޭނާ ރެއާލްއިން ނުފެންނާނެ ކަމަށާއި ނަމަވެސް ކޮންމެވެސް ދުވަހަކުން 'ލޮސް ބްލެންކޮސް' (ރެއާލް މެޑްރިޑް)އަށް އެނބުރި ދާނެ ކަމަށެވެ.
ނިއުޔޯކް ކޮސްމޯސްއާ އެކު ސޮއި ކުރި ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި ކުޅުން ހުއްޓާލާ ސަބަބާ ބެހޭގޮތުން ރައުލް ބުނީ މީގެ ދެމަސް ކުރިން މި ސީޒަނަށްފަހު އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ވިސްނާފައި ވާނެ ކަމަށާއި އޭނާ ދެކޭގޮތުގައި މިވަގުތަކީ ކުޅުން ހުއްޓައިލާން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
"އަހަރެންގެ އެއްބަސްވުމުގައި އަދި އެއް އަހަރު އެބައޮތް. އެކަމަކު އަހަރެންނަށް އިހްސާސް ކުރެއްވިއްޖެ އަހަންނަށް އެދެވޭ ވަރަށް މަސައްކަތް ކުރެއްވިއްޖެ ކަން. އަހަރެންގެ އުމުރުން 38 އަހަރުގައި ރިޓަޔާ ކުރުމުގެ ވަގުުތު އައިސް ޖެހިއްޖެ. އަހަރެން ރިޓަޔާ މިކުރަނީ އުފަލުން ހުރެ،" ސްޕެއިންގެ ގައުމީ ކެޕްޓަންކަންވެސް ކޮށްފައިވާ ރައުލް ބުންޏެވެ.
ރައުލް ބުނީ، ކުރިއަށް އޮތީ އެހެން ޕްރޮޖެކްޓްތަކުގައި އުޅެންވީ ވަގުތުކަމަށެވެ.
ކުޅުން ހުއްޓާލި ނަމަވެސް ރައުލްއާއި އޭނާގެ އާއިލާ އަދި ދިރިއުޅޭން ނިންމާފައިވަނީ ނިއުޔޯކްގައެވެ.
ސާމަސާ ރާގެއްގައި އޭނާ ބުނީ ކޮސްމޮސް ޓީމްގެ އެމްބަސެޑަރުކަން އޭނާއަށް ދޭނެ ނަމަ ރަނގަޅުވީސް ކަމަށެވެ.